ކުއްލި ޚަބަރު

އަށް މަހުގެ ކުއްޖާ މަރުވި މައްސަލަ: އައިޖީއެމްއެޗުން ބުނަނީ ދޭންޖެހޭ ފަރުވާތައް ޑޮކްޓަރުން ދިން ކަމަށް

ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާ ހުށަހަޅަން ހާއްސަ ސެންޓަރެއް ހުޅުވައިފި

ރިސޯޓުތައް މަދު އަތޮޅުތަކަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް

ރިސޯޓުތައް މަދު އަތޮޅުތަކަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް

Tal conrad maldives rangali island maldiveshotels1024 6dfdeac00fec4f69893e7576b5896da9

ޓޫރިސްޓު ރިސޯޓުތައް މަދު އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެ އަތޮޅުތަކުގައި ޓޫރިސްޓު ރިސޯޓުތައް ހިންގުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ހއ، ހދ، ށ، ތ، ލ އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކޮށް އިންވެސްޓްމަންޓް އިތުރުކުރުމަށް އެ ސަރަހައްދުތަކުގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަންގެ ޕާ ހެކްޓަރު ރޭޓްތައް ވަނީ ކުޑަކުރެވިފައެވެ.

ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ކްލޯޒް ބިޑިންގެ ދަށުން ވެސް ލުއިތަކެއް ވަނީ ދީފައެވެ.

ކްލޯޒް ބިޑިންގެ ދަށުން ދޭ ލުއިތައް:

  • ތ އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުން.
  • ހއ، ހދ ،ށ، ތ އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުން.
  • ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
  • ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 ޕަސަންޓު ކުޑަކުރުން.

ކްރޮސް ސަބްސިޑީގެ ގޮތުގައި ދޭ ލުއިތައް:

  • ހއ، ހދ ، ށ، ތ، ލ އަދި އައްޑު އަތޮޅުގެ 20 – 40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކުރުން.
  • ހަ އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރައްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2،000،000 އެމެރިކާ ޑޮލަރުން 1،000.000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.

ޓޫރިޒަމް މިނިސްޓްރީން ބުނީ އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވުމުން، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދޭނެ ކަމަށެވެ.

އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފު ކުރެވޭ އިންސައްތަ 15 އިންސައްތައަށް އިތުރުކުރުން އަދި ޑިއުޓީ މައާފުކުރެވޭ ކެޓަގަރީތައް އިތުރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ. އަދި، އެ ލުއިތަކުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓީ މައާފު ކެޓެގަރީއަށް އިތުރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ވެސް ފަހިކޮށްދިނުމަށް ވަނީ ނިންމައިފައެވެ.

އެ ލުއިތަކާއެކު ހއ، ހދ، ށ، ތ އަދި ލ އަތޮޅުން 31 ޕްރޮޖެކްޓް އޯޕަން ބިޑިން، ކްލޯޒް ބިޑިން އަދި ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ތަރައްގީކުރުމަށް މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ. އެ ފަސް އަތޮޅަކުން، ކޮންމެ އަތޮޅެއްގައި ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ކަނޑައެޅުމަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

macl chairman noorain

އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް: ނޫރްއައިން

ރައީސްގެ ދެކަނބަލުންގެ ނަންފުޅުން އޯކިޑަށް ނަން ދެއްވައިފި

raees muiz

ޤައުމެއްގައި ޑިމޮކްރަސީ ދަމަހައްޓައި، ހެޔޮ ވެރިކަމެއް ކުރިއެރުވުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: ރައީސް

Igmh

އަށް މަހުގެ ކުއްޖާ މަރުވި މައްސަލަ: އައިޖީއެމްއެޗުން ބުނަނީ ދޭންޖެހޭ ފަރުވާތައް ޑޮކްޓަރުން ދިން ކަމަށް

TTH_advertisement ELL Mobile Advertisement