ކުއްލި ޚަބަރު

ލޯންޗަކާއި ޑިންގީއެއް ޖެހި އެެކްސިޓެންޑެއް: ތިން މީހަކަށް ފަރުވާދެނީ

މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް ގެންގޮސްފި

ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި

އެމްޑީޕީގެ ޖަލްސާ ބަލަން އިން އިރު ވަރަށް މޭނުބައިކުރި: މޫސަ

އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވެ އެ ޕާޓީ ދޫކުރައްވާ ނުކުމެވަޑައިގެންނެވި ރައީސް ނަޝީދު އެނބުރި އެ ޕާޓީއާ ގުޅިވަޑައިގަތުން ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާ ބައްލަވަމުންދިޔައިރު “މޭނުބައި ކުރިކަމަށް’ ވިދާޅުވެ އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެއެވެ.

އެ ޖަލްސާގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ނުފެނުމުން އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެންގުމަށް ޖަލްސާގައި ބައިވެރިނުވީކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުވެސް ކިޔަމުންނެވެ.

އެއާއި ގުޅުވައި މޫސަ އެކްސްގައި ވިދާޅުވީ، އެމްޑީޕީ ކުރިއަށް ނުގެންދެވި، އެ ޕާޓީގެ ހަރުގެ ޖަލްސާއަކަށް ގޮސްލަން ނުކެރުނު ޕާޓީގެ ވެރިން ރޭ ސަލްޓަން ޕާކުގައި އޮތް ޖަލްސާގައި ބައިވެރިވެ ތިބީ ރައީސް ނަޝީދަށް މަރުހަބާ ކިޔަން ނޫންކަމަށެވެ. އަދި އެ މީހުން ގޮސް ތިބީ ތިމާ މީހުންގެ ނަފުސުގައި ސިޔާސީގޮތުން ކުރިމަގު ހޯދާނެ ހަކަތަ ނެތި ނަޝީދުގެ ފަޓުލޫނުގެ ފައިކުރީގައި އެލިގެން ސިޔާސީ ކުރިބޯށި ކަނޑަން ދުވަންކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ޕާޓީގެ ވެރިން ސްޓޭޖަށްއަރާ އިގުތިސާދު ހަރުދަނާކޮށް ދަރަނި ފިލުވާ ވާހަކަ ބުނީމާ ކޮނޑުހުޅުން އަތް ނެއްޓޭވަރަށް އަތްޖަހައިގަތީ ހަމަ ކުރިން ހަޅޭލާހެދި މީހުންކަމަށެވެ. އަދި ޖަލްސާއަށް ނުދެވުނެއްކަމަކު ޓީވީން ބަލަން އިނދެފައި، މާޒީގާ އެވެރިންގެ އިގުތިސާދީ އަމަލުތައް ހުރިގޮތް ހިތަށް އަރާފައި ޕާޓީ މެންބަރުންނެއް ކަމަކު މޭނުބައި ކުރިކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

ކުރިން ރައީސް ނަޝީދަށް ފާޑުކީ ވަޒީރުން ވެސް މިއަދު އެ ތިބީ ޖަލްސާގައިކަން ފާހަގަ ކުރައްވަމުން މޫސަ ވިދާޅުވީ، ގައުމެއްގެ ވެރިކަމަކީ މައެއްބަފައެއް ދަރިއެއް، ގައުމެއް އަދި ޑިމޮކްރަސީއެއް އޮންނަ އެއްޗެއް ނޫންކަމަށެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު އެ ޖަލްސާގައި ރައީސް ޞާލިޙަށް ތާއީދުކުރާ ގިނަ މެންބަރުން ބައިވެރި ނުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުރީ ސަރުކާރުން ޔޫމެޓަށް 23 މިލިއަން ރުފިޔާ ދިނީ ކިހިނެއް؟

Whatsapp image 2025 06 24 at 11.15.02 (1)

ލޯންޗަކާއި ޑިންގީއެއް ޖެހި އެެކްސިޓެންޑެއް: ތިން މީހަކަށް ފަރުވާދެނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

3

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ELL Mobile Advertisement TTH_advertisement