ކުއްލި ޚަބަރު

ކުރިއަށް އޮތް ފަސް ދުވަހު ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފުވާނެ

ޕިކަޕެއް ހަދަން އުޅުމުގެ ތެރޭގައި މީހަކު މަރުވެއްޖެ

ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދަށް މޫސުން ގޯސްވާނެ؛ މެޓް

moosun

މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާާރާއިން ލަފާކޮށްފިއެވެ. ރާއްޖެއަށް މިހާރުކުރަމުން މިދާ ވިއްސާރައަކީ ހުޅަނގުމޫސުމުގެ ވިއްސާރަ ކަމަށް އެއިދާރާއިން ވަ ީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މެދުތެރެއާ އުތުރުގެ އަތޮޅުތަަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އެ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ. މަހިބަދޫއަށްށެވެ. އެރަށަށް 39.1 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މެދުތެރެއާއި އުތުރުގެ އަތޮޅުތަަކަށް ހުޅަނގާއި، ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެޗެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވިދާޅުވިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާ އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރަ އަލިކުރާނީ ރާއްޖޭގެ އެކިހިސާބަަށް އެކި ދުވަސްދުވަހު ކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ އަންގާރަ ދުވަހު ކަމަށާއި، މެދުތެރޭގެ އަތޮޅުތަކަށް މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މެޓުން ވިދާޅުވިއެވެ. މީގެ އިތުރުން މެޓުން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް އަންގާރައިން ފެށިގެން ބުރާސްފައްޗާ ހަމައަށް ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށެވެ.

ވައިގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 91sMjTK40nvtxWjpElKbJ2qVK

ކުރިއަށް އޮތް ފަސް ދުވަހު ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފުވާނެ

moosun

މޫސުން ގޯސްވެ ށ އަތޮޅުން އދ އަތޮޅަށް ސަމާލު ނެރެފި

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

TTH_advertisement