ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރައްވައިފި

TTH_Ads
STO_Ads
Advertisement

ރަސްމީ ދަތުރުފުޅެއްގައި މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް ޑރ.މުއިއްޒު ޝީ ޖިންޕިންގ އާ ބައްދަލުކުރައްވާފައިމިވަނީ، މިއަދު ޓިއާންޖިންގައެވެ. ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބައްދަލުވުމުގައި ދެޤައުމު ގުޅިގެން ވެފައިވާ އެއްބަސްވުންތަކުގައި ކުރުމަށް ބަޔާންކޮށްފައިވާ ކަންތައްތައް ފުޅާކުރުމާއި އެކަންތައްތައް އަވަހަށް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށެވެ.

ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ދެޤައުމު ގުޅިގެން ކުރިއަށްގެންދާ ތަރައްޤީގެ ކަންކަން ބިނާވެފައިވަނީ ޒަމާންވީ ދެޤައުމުެގ ގުޅުމާއި އެއްޤައުމު އަނެއްޤައުމުގެ މައްޗަށް އިހުތިރާމްކުރާ ހާލުގައި ކަމަށާއި އެގޮތުން މިހާތަނަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަންކަން ކުރިއަށްގެންދާނޭ ގޮތްތަކާ ބެހޭގޮތުން ވާހަކަދެކެވުނުކަމަށެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕްގައި ކުރުމަށް އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށް މި ބައްދަލުވުމުގައި ވާހަކަތައް ދެކެވިގެން ދިޔަކަން ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޑރ.މުއިއްޒު އާއި ޝީ ޖިންޕިންގ ގެ މި ބައްދަލުވުމުގައި ދެ ޤައުމުގެ ކަމާބެހޭ ސީނިއާ އޮފިޝަލުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިދިޔަ އަހަރުެގ ޖޫންމަހު ރައީސް ޑރ.މުހައްމަދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ އެޤައުމާއެކު މުހިއްމު 20 އެއްބަސްވުމެއް ގާއިމްކޮށްފައެވެ. މީގެ ތެރޭގައި އިގްތިސާދީ، އުމްރާނީ ތަރައްޤީގެ އިތުރުން އިންސާނީ ވަސީލަތްތަކާއި ތިމާވެއްޓާ ގުޅުންހުރި މުހިއްމު އެެއްބަސްވުންތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެންފައިވަނީ، އެޤައުމުގެ ރައީސް ޝީ ޖިންޕިންގ ގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައެވެ. މި ސަމިޓްގައި ދުނިޔޭގެ ނުފޫޒުގަދަ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ފެށުމަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ޗައިނާގެ ބޯޓުދެލި މައިނެއްގައި ހިނގި ހިތާމަވެރި ގޮވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

“ތައްޔާރު” މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ ތިން އިލެކްޓްރިކް އުޅަނދު ހަވާލުކޮށްފި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް