ކުއްލި ޚަބަރު

ވިނަރެސް ފްލެޓްގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އެމެރިކާއަށް ރައްދު ދިނުމާމެދު އީރާނުން އަދި ގޮތެއް ނުނިންމާ، ފަހުބަސް އިއްވާނީ ސުޕްރީމް ކައުންސިލުން

ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރައްވަން ނިންމަވައިފި

އެމެރިކާއަށް ރައްދު ދިނުމާމެދު އީރާނުން އަދި ގޮތެއް ނުނިންމާ، ފަހުބަސް އިއްވާނީ ސުޕްރީމް ކައުންސިލުން

އެމެރިކާއިން އީރާނަށް ދިން އުދުވާނީ ހަމަލާތަކަށް ދޭނޭ ރައްދަކާމެދު އީރާނުން އަދިވެސް ގޮތެއް ނުނިންމައެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ދިން ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރުން ފިޔަވައި، ދެން އަޅާނޭ ފިޔަވަޅަކާ ގުޅޭގޮތުން އީރާނުން ގެންދަނީ ސީރިއަސް ވިސްނުންތަކެއް ވިސްނަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއަށް ރައްދު ދިނުމަށް އަޅާނެ ފިޔަވަޅެއް ކަނޑައަޅާނީ އީރާނުގެ ނުފޫޒުގަދަ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުންނެވެ. އެ ކައުންސިންގެ ރިޔާސަތު ބަލަހައްޓަވަނީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއެވެ.
އެމެރިކާގެ ރައީސާއި، ފޮރިން މިނިސްޓަރާއި، ޑިފެންސް މިނިސްޓަރާއި، އެހެންވެސް ވެރިންވަނީ، އީރާނުން ރައްދު ދިނުމުގެގޮތުން އެމެރިކާއަށް ނުވަތަ އެމެރިކާގެ މަސްލަހަތަކަށް ހަމަލާ ދީފިނަމަ ދެންދޭ ހަމަލާ މާ ވަރުގަދަ ވާނޭ ކަމަށެވެ. އެމެރިކާއިން ދޭނީ އީރާނު ހީވެސް ނުކުރާވަރުގެ ހަމަލާތަކެއް ކަމަށެވެ.
އެހެންވެ، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އީރާނުން ރައްދު ފިޔަވަޅެއް އަޅާނީ ވަރަށް ވިސްނުންތެރިކަމާ އެކުގައި ކަމަށެވެ.
އެމެރިކާގެ ހަލަލާތަކަށްފަހު އީރާނުގެ ބާރުގަދަ އިސްލާމިކް ރިވޮލިއުޝަން ގާރޑުން ބުނެފައިވަނީ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ހުރީ އީރާނުގެ މިސައިލްތައް ފޯރާ ހިސާބުގައި ކަމަށާއި، އީރާނު ސިފައިން ގެންދަނީ އެ ބޭސްތައް އޮބްޒާވް ކުރަމުން ކަމަށެވެ.
ސަރަހައްދުގެ އިތުރުން، އެމެރިކާގެ އެންމެ ފުނަށް ފޯރާވަރުގެ ދުރުރާސްތާ މިސައިލްވެސް އީރާނުގައި އެބަ ހުއްޓެވެ.
އެހެންވެ، އީރާނަށް ދިން ވައިގެ ހަމަލާތަކަށްފަހު އީރާނުން އަތުވެދާނޭ ރައްދު ހަމަލާއަށް، އެމެރިކާ މިހާރު އޮތީ ތައްޔާރީ ހާލަތުގައެވެ. އަސްކަރިޔާ ސަމާލުވެ އޮތުމުގެ ލެވެލްވެސް ވަނީ މަތިކޮށްފައެވެ.
އެމެރިކާއާއި، އަދި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފައި ވާއިރު، އެމެރިކާގެ ބޭސްތައް ހަދާފައި ހުރި އަރަބި ގައުމުތަކުންވެސް ވަނީ، ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް، ކުއްލި ހާލަތަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމްސްއާއި ފުލުހުންނާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

އައު ހޮސްޕިޓަލު އަޅާތީ ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާ އިމާރާތަށް ބަދަލުކުރަނީ

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ވިނަރެސް ފްލެޓްގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ELL Mobile Advertisement TTH_advertisement