ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ފީފާ ޕީސް ޕްރައިޒް” ޓްރަމްޕަށް: ބުނީ ދުނިޔެ ސުލްހަވެރި ތަނަކަށް ހެދިއްޖެކަމަށް

އަންނަ އަހަރު ބާއްވަ ފީފާ ވޯލްޑް ކަޕްގެ ގުރު ނެގުމަށް ބޭއްވި ޚާއްސަ ހަފްލާ
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދުނިޔެއަކީ މިހާރު ރައްކާތެރި ތަނަކަށް ހެދިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައިވަނީ “ފީފާ ޕީސް ޕްރައިޒް” އޭނާއަށް ދިނުމާ ގުޅިގެން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

“ފީފާ ޕީސް ޕްރައިޒް” ޓްރަމްޕަށް ދީފައިވަނީ، އަންނަ އަހަރު ބާއްވަ ފީފާ ވޯލްޑް ކަޕްގެ ގުރު ނެގުމަށް ބޭއްވި ޚާއްސަ ހަފްލާގެ ތެރޭގައެވެ. މި އިނާމް ޓްރަމްޕާ ހަވާލުކޮށްދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ.

HajjCop_ads
Advertisement

އިނާމާ ހަވާލުވުމަށްފަހު ވާހަކަ ދައްމުން ޓްރަމްޕް ބުނީ، މިއީ އޭނާގެ މުޅި ހަޔާތުގައިވެސް ލިބުނު އެންމެ ޝަރަފްވެރި އެއް އިނާމު ކަމަށެވެ.

ޓްރަމްޕް ބުނީ، އޭނާގެ ވެރިކަމުގައި މި ހިނގަނީ ފުރަތަމަ އަހަރު ކަމަށާއި، އެހެން ނަމަވެސް، މިވީ މުއްދަތުގެ ތެރޭގައި އެމެރިކާއިން ދުނިޔެއަކީ ރައްކާތެރި ތަނަކަށް ހަދައިފި ކަމަށެވެ.

އެމެރިކާއިން އެތައް ހަނގުރާމަތަކެއް ހުއްޓުވައިފި ކަމަށާއި، ބައެއް ހަނގުރާމަތައް ފެށިތަނާހެން ހުއްޓުވައިފި ކަމަށެވެ.

މީގެ އަހަރެއް ކުރިން އެމެރިކާ އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށާއި، ހަނގުރާމަތައް ހުއްޓުވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

އެކަމަކު، އޭނާ ވެރިކަމަށް އައިސް މިވީ ކުރު މުއްދަތުގެ ތެރޭގައި ހަނގުރާމަތައް ހުއްޓުވައި ކުރި މަސައްކަތުގެ ސަބަބުން މިއަދު އެމެރިކާއަކީ މުޅި ދުނިޔޭގައިވެސް އެންމެ މަގްބޫލް ގައުމަށް ވެގެން ގޮސްފައިވާ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.

“ފީފާ ޕީސް ޕްރައިޒް” އަކީ ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާއިން އަލަށް ތައާރަފް ކުރި އިނާމެކެވެ.

އި އިނާމު ދިނުމަށް ފީފާއިން ކަނޑައަޅާފައިވަނީ ދުނިޔޭގެ ސުލްހައަށާއި، އެއްބައިވަންތަކަށް ޚާއްސަ މަސައްކަތްތަކެއް ކުރާ ވަކިވަކި ފަރުދުންނަށެވެ.

އެކަމަކު، ޓްރަމްޕަށް މި އެވޯޑް ދިނުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހޫނު ބަހުސްތަކެއް ފެށިފައެވެ.

އެމެރިކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑާއި، އެމެރިކާއިން ހަތިޔާރާއި ބޮން ފޮނުވައި ޣައްޒާގައި ހިންގަމުން ގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކާއި، އެމެރިކާއިން އެތައް ގައުމަކަށް ބޮމާއި މިސައިލުން ހަމަލާ ދިނުމާއި، މިހާރުވެސް ހައެއްކަ ގައުމަށް ހަމަލާދޭނޭ ކަމަށް ޓްރަމްޕް ކޮށްފައިވާ އިންޒާރުތަކާއި، ވެނެޒުއެލާއަށް އަރައިގަތުމަށް ވަމުންދާ ތައްޔާރީތަކާއި، އެނޫންވެސް އެތައް ކަމެއްގެ ވާހަކަ މީހުން ދައްކަމުން އެބަ ގެންދެއެވެ.

ނުވިތާކަށް “އައިސް” އޭޖެންޓުން ފޮނުވައިގެން އެމެރިކާގެ ސިޓީތަކުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، މީހުން ހިފައި ހައްޔަރުކުރުމާއި އަނިޔާކުރުންތައް އިންތިހާއަށް މައްޗަށް ގޮސްފައިވާކަންވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރަމުން ގެންދެއެވެ.

ފީފާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް “ފީފާ ޕީސް ޕްރައިޒް” ދިނުމާއި، ގުރު ނެގުމުގެ ހަފްތާ އޮތް ތަނުގެ ބޭރުގައި އެމެރިކާގެ އާންމުން ގެންދިޔައީ ވަރުގަދަ މުޒާހަރާތަކެއްވެސް ކުރަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި

އެމެރިކާއިން ސަރަހައްދީ ފުލުހެއްގެ ދައުރު އަދާކުރާކަށް ނުޖެހޭ: އީރާނުގެ ރައީސް

ހޮރްމޫޒާ ގުޅޭގޮތުން ގަލްފްގެ ގައުމުތަކާ އީރާނު ހޯމަދުވަހު ބައްދަލުކުރަނީ

ނިއުކްލިއަރ ސައިޓްތަކަށް އިންސްޕެކްޓަރުން ވަނަނުދޭ ކަމަށް ބުނެ އީރާނުގެ މައްސަލަ ސަލާމަތީ މަޖިލީހަށް ހުށަހަޅަން ފާސްކޮށްފި