ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރައްވައިފި

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ރަޝީދު އަވަހާރަވެއްޖެ

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

Chik

އަވަށްޓެރި ބައެއް ޤައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިގޮތުން އެޗްޕީއޭ އިން ވަނީ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެމުންދާތީ، މި ބަންދުގައި ދަތުރު ކުރާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭ އިން ވަނީ މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށް އެދިފައެވެ. މިގޮތުން ވަކި ޚާއްޞަ މާއްދާތަކެއް ހިމެނޭ މަދިރި ލޯޝަން އަދި ސްޕްރޭ ބޭނުންކުރުމަށް އެ އޭޖެންސީން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ފޭރާންލުމަށާއި، ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރިގެ ބޭނުންކުރުމަށާއި، މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރިވެސް އެންމެ ގިނަވަނީ ހެނދުނާއި ހަވީރު ކަމަށެވެ. އީޑީސް މަދިރި އާންމުކޮށް ހަފަނީ ދުވާލު ގަޑީގައި ކަމަށާއި، އެންމެ ރަނގަޅީ ހުރިހާ ވަގުތެއްގައިވެސް މަދިރި ހެފުމުން ރައްކާތެރިވުން ކަމުގައި އެޗްޕީއޭއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލަައިގެންފި

Ihsaan

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލާނަން: އިޙްސާން

Big y8ixuorksw3g9xukl9jgvt0si 864x576

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު ރާއްޖެއިން އިފްތިތާހުކޮށްފި

TTH_advertisement ELL Mobile Advertisement