ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ މީހުން އިތުރުވަނީ

Igmh
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް
STO_Ads
TTH_Ads
Advertisement

ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ޖުލައި މަހާ އަޅާބަލާއިރު މިދިޔަ މަހު އިތުރުވެފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން ޖުލައި މަހު ޑެންގީހުން ޖެހިގެން 194 މީހަކު ރިޕޯޓު ކޮށްފައިވާއިރު، މިދިޔަ މަހު ޑެންގީ ޖެހިގެން 250 މީހަކު ވަނީ ރިޕޯޓު ކޮށްފައެވެ.

އެހެންނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ޑެންގީހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު މި އަހަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 564 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓުކުރިއިރު، އޮގަސްޓު މަހު ރިޕޯޓުކުރީ 407 މީހުންނެވެ.

HajjCop_ads
MMA_Ads
Advertisement

ޑެންގީހުމެކޭ އެއްގޮތަށް، މިއަހަރުގެ ޖުލައި މަހަށް ވުރެ އޮގަސްޓް މަހު އަރިދަފުސް ރޯގާއާއި ބޭރަށްހިންގުން ޖެހިގެން ރިޕޯޓުކުރި އަދަދުވެސް އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން ޖުލައި މަހު 30،705 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު، އޮގަސްޓް މަހު އަރިދަފުސް ރޯގާ ޖެހިގެން 32،247 މީހުން ރިޕޯޓުކޮށްފައިވާ ކަމަށް ތަގާސްހިސާބުތަކުގައި ވެއެވެ.

އަދި މި އަހަރުގެ ޖުލައި މަހު 5،536 މީހުން ބޭރަށް ހިންގައިގެން ރިޕޯޓުކުރިއިރު، އެ މަހަށްވުރެ އިތުރަށް އޮގަސްޓް މަހު 1،842 މީހުންނަށް ބޭރަށް ހިންގުން ޖެހިފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ރިޕޯޓުކޮށްފައެވެ.

އެޗްޕީއޭއިން ބުނީ، މިދިޔަ އޮގަސްޓް މަހު 579 މީހަކު އިންފްލުއެންޒާއަށް ޓެސްޓްކުރިއިރު އޭގެ ތެރެއިން 314 މީހަކު ޕޮޒިޓިވްވިކަމަށެވެ. އަދި ޖުލައި މަހު އިންފްލުއެންޒާއަށް ޓެސްޓްކުރި 513 މީހުންގެ ތެރެއިން 181 މީހަކު ޕޮޒިޓިވްވިކަމަށް ވެސް އެޗްޕީއޭއިން ހާމަކުރިއެވެ.

އަދި މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 2،544 މީހަކު އިންފްލުއެންޒާއަށް ޓެސްޓްކުރިއިރު އޭގެ ތެރެއިން ޕޮޒިޓިވްވީ 864 މީހުންކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަނެއްކާވެސް ހިމަބިހީގެ އިތުރު ފަސް ކޭސް

hulhumale hospital

ޙައްޖު ފްލޫ ކްލިނިކްގެ ހިދުމަތް ދޭ ވަގުތު އިތުރުކޮށްފި

Igmh

ސަމާލު: ހިމަބިހި ޖެހުނު މީހުންގެ އަދަދު 15 އަށް

health ministry

ހުމާއި ރޯގާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފި