ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ފެށިނަމަވެސް، އެހީ ބަހަން އަދިވެސް ނުފަށާ!

ޣައްޒާއަށް އިންސާނީ އެހީ ކޮންމެވެސް ވަރަކަށް އެތެރެކުރަން ފެށިނަމަވެސް، އެހީ ބަހަން އަދިވެސް ނުފަށާ ކަމަށް އިން ބުނެފިއެވެ.

އދގެ ތަރުޖަމާނު ސްޓެފާން ޑުހާރިޗް ވިދާޅުވީ، ޚާއްސަކޮށް ކެރެމް ޝެލޮމް ކްރޮސިންގ މެދުވެރިކޮށް ޣައްޒާގެ އެތެރެއަށް އެހީގެ ސާމާނު ވެއްދުނު ނަމަވެސް، އަދިވެސް ބަހަން ނުފަށާ ކަމަށެވެ.

ސްޓެފާން ވިދާޅުވީ، ޣައްޒާގެ ތެރެއަށް ގެންދިޔަ އެހީގެ ސަމާނު، އދގެ ގުދަންތަކާ ހަމައަށް ގެންދިއުމުގެ ހުއްދަވެސް އިސްރާއީލުން ނުދިން ކަމަށެވެ. އެކަމަށް އދގެ މުވައްޒަފުން އެތައް ގަޑިއިރެއް ވަންދެން އިންތިޒާރުކުރި ކަމަށް ވިދާޅުވިއެވެ.

އިހަށްދުވަހު ޣައްޒާއަށް 9 ޓްރަކްގެ އިންސާނީ އެހީ އަދި އިއްޔެ 100 ޓްރަކްގެ އެހީގެ ސާމާނު އެތެރެކުރަން އިސްރާއީލުން ހުއްދަ ދިން ނަމަވެސް، މިހާރު އެތެރެކުރަމުންދާ އެހީ ބަހަން ނުފަށާތީ އދއާއި، އެހެން ޖަމާއަތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޒަޔަނިސްޓު އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައިވަނީ މިއަހަރުގެ މާޗްމަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ. އެހީ ހުއްޓުވި ސަބަބެއް ކަމަށް އިސްރާއީލުން ބުނަނީ، ހަމާސްއިން އެހީގެ ސާމާނު “ވަގަށްނަގާތީ” އެވެ. އެކަމަކު ހަމާސްއިން އެކަން ދޮގުކުރެއެވެ.

ދުނިޔޭގެ ޕްރެޝަރާހެދި ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން އިސްރާއީލުން ފުރުސަތު ދިންއިރު، އެކަން ކުރަން ހަވާލުކޮށްފައިވަނީ އެމެރިކާއިން އެންޑޯޒް ކޮށްފައިވާ ގްރޫޕަކާއެވެ.

މި ގްރޫޕުން ޣައްޒާގައި އިންސާނީ އެހީގެ ސާމާނު ބަހަން ފަށަން ނިންމާފައިވަނީ މި މެއިމަހުގެ ނިމޭކޮޅުން ފަށައިގެންނެވެ.

އދއިން ބުނެފައިވަނީ، ޣައްޒާގައި އެހީގެ ސާމާނު ބެހުލަށް އިސްރާއީލުން އެކަށައަޅާފައިވާ ހަމަހަމަ އަދި މިނިވަންގޮތެއްގައި އެހީ ބެހުމުގެ ޕްލޭނެއް ނޫން ކަމަށެވެ. އެހެންވެ، އެ މަސައްކަތުގައި އދ ބައިވެރި ނުވާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލުން އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރަން އުޅެނީ ރޭވުމެއްގެ ތެރެއިން ކަމަށް، ގިނަ ބަޔަކު ގެންދަނީ ތުހުމަތު ކުރަމުންނެވެ.

އެތައް ދުވަހަކަށްފަހު ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން އިސްރާއީލުން ހުއްދަދީ އަދި އެހީ އެތެރެކުރަން ފެށިއިރު، އދގެ އިންސާނީ އެހީއާ ބެހޭ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ، ޣައްޒާގައި އެހީ ބޭނުންވެފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު، ޣައްޒާއަށް އެތެރެކުރަން އިސްރާއީލުން ހުއްދިން އެހީގެ މިންވަރަކީ “ކަނޑަށް ފެންތިއްކެއް” ވައްޓާލުންފަދަ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

ތުރުކީއާއި ގަތަރުގެ ސިފައިންނަކަށް ޣައްޒާއަކަށް ނޭރޭނެ: ނަތަންޔާހޫ

އެއްބަސްވުމުގެ މާނައެއް ނެތް، އިސްތިއުމާރީ ބާރުން ޣައްޒާއަށް ކޮންމެ ދުވަހަކު ހަމަލާތައް ދެނީ

ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދޭ 37 ޖަމާއަތެއްގެ މަސައްކަތް އިސްރާއީލުން ހުއްޓުވައި، ޣައްޒާއަށް ވަނުން މަނާކޮށްފި

TTH_advertisement