ކުއްލި ޚަބަރު

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދޭގޮތަށް ބަދަލުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

“ކިޑްސް އެތްލެޓިކްސް ޑޭ” ނިންމާލައިފި

401498 1e5a5679 7
“ކިޑްސް އެތްލެޓިކްސް ޑޭ 2025” ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ — ފޮޓޯ: ރައީސް އޮފީސް

ކްލަބް ރޭސާސް އިން “ކިޑްސް އެތްލެޓިކްސް ޑޭ 2025” ނިންމާލައިފިއެވެ.

އެ ހަރަކާތަކީ ކްލަބް ރޭސާސްއިން، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކުޅިވަރާ ބެހޭ ވުޒާރާ އަދި ޔުނިސެފްއާ ގުޅިގެން ބޭއްވި އެއް ދުވަހުގެ ހާއްސަ ހަރަކާތެކެވެ.

އެ ހަރަކާތް ނިންމުމަށް މިއަދު ހަވީރު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

“ކިޑްސް އެތްލެޓިކްސް 2025” ގައި ބައިވެރިވި ހުރިހާ ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާގެ އިތުރުން، ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް، ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އެޑްވާޑް އަޑާއީ އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު މުސްތަފާއެވެ.

އެ ހަރަކާތުގެ މަގުސަދަކީ ކުޑަކުދިންގެ މެދުގައި ދުޅަހެޔޮ އާދަތައް އާލާކުރުމަށް ހިތްވަރުދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

އެސްޓީއޯ ހުޅުމާލެ ސްމާޓް ސްޓޯރ, ފާމަސީއަކަށް ބަދަލުކުރަން ނިންމައިފި

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

ގައުފު ބަލިކޮށް ޕައޮލީނީ ޗެމްޕިއަންކަން ހޯދައިފި

އަމާޒަކީ 2028 ގެ ނިޔަލަށް ހުރިހާ މަޝްރޫޢުތަކެއް ނިންމާލުން: ސަޢުދީ

TTH_Advertisement ELL Mobile Advertisement