ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައިޝަތު މުހައްމަދު އައްޔަންކުރައްވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ޑެޕިއުޓީ ޕީޖީއަކަށް އައްޔަންކުރެއްވި އައިޝަތު މުހައްމަދަކީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގައި ހުންނެވި ވަކީލެއް ކަމަށާއި އެއީ އެ އޮފީހުގެ އެންމެ ސީނިއާ ޕްރޮސެކިއުޓަރު ކަމަށެވެ.
އައިޝަތު މުހައްމަދަކީ 14 ޑިސެމްބަރު 2011 އިން ފެށިގެން ޕީޖީ އޮފީހުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.
ޕީޖީ އޮފީހުން ބުނީ އައިޝަތު މުހައްމަދުގެ އިތުރުން ކުރިން ވެސް ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި މަހްމޫދު ސަލީމް ވެސް އެ މަގާމުގައި މަސައްކަތްކުރައްވާނެ ކަމަށެވެ.
އެސިސްޓަންޓް ޕީޖީގެ މަގާމަށް ވެސް ބޭފުޅަކު ވަނީ އައްޔަންކުރައްވައިފައެވެ. އެ މަގާމަށް އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަސައްކަތްކުރައްވަމުން ގެންދަވާ ހުސައިން ސާމީއެވެ.
ސާމީގެ އިތުރުން އެސިސްޓަންޓް ޕީޖީގެ މަގާމުގައި ހުސައިން ނާޝިދު، ޝަމްރާ ޝަމީމް، އަބްދުﷲ ރާބިއު އަދި މަރިޔަމް ފެޒްލީން މަސައްކަތްކުރައްވާނެއެވެ.