ކުއްލި ޚަބަރު

މާލޭ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

ރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފި

ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. މިއީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރާ މަރުކަޒެކެވެ.

“މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު” ގެ ނަމުގައި ޤާއިމުކުރާ މި މަރުކަޒު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 3 ގައެވެ. މި މަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، އެކަމުގެ ރަމްޒީ ޕްލާގު އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިޞާދު މުޅިން ބަދަލުކޮށްލާ، ވަކިން ޚާއްސަކޮށް ފަތުރުވެރިން އައު ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫޢެއްކަމަށެވެ. މިއަހަރު ރާއްޖޭގެ އިޤްތިޞާދު %6.4 ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، މިއަދު މި ފެށޭ މަޝްރޫޢާއެކު އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައިވެސް އައު ދޮރުތަކެއް ހުޅުވިގެންދާނެކަމަށް މާލީ ކަންކަމާ ބެހޭ ވަޒީރުގެ ނައިބު ސާއިދު ވިދާޅުވިއެވެ.

މިއީ 2024 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށާއި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އިތުރުކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްކަމަށްވެސް ސާއިދު ވިދާޅުވިއެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީ ވަނީ ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މިފަދަ އުއްމީދީ މަޝްރޫޢެއްގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ މިސްރާބު މުޅިން އައު އުސްމިންތަކަކަށް ގެންގޮސްދީ، ޒަމާނީ އިޖާދީ ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢެއްކަމަށެވެ. ހަމައެހެންމެ މިއީ ރާއްޖޭގައި ފައިނޭންޝަލް ޓޫރިޒަމް ފުޅާކޮށް، ފަތުރުވެރިކަމާއި އެނޫންވެސް ދާއިރާތަކަށް އިންވެސްޓަރުން ހޯދުމަށްވެސް ހުޅުވޭ މަގެއްކަމަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގްލޯބަލް އިންވެސްޓްމަންޓް ގްރޫޕުގެ ސީއީއޯ ނަދީމް ޙަސަން ވިދާޅުވީ، މިއީ ހަމައެކަނި ޢުމްރާނީގޮތުން ގެނެވޭ ތަރައްޤީއެއްނޫންކަމަށާއި، މިއީ ޒަމާނީ ޓެކްނޮލޮޖީއާއި އިޤްތިޞާދީ ކުރިއެރުން ރަމްޒުކޮށްދޭނެ މުހިންމު މަޝްރޫޢެއްކަމަށެވެ. އަދި މި މަޝްރޫޢު ހަޤީޤަތަކަށް ހަދާ އޭގެ މަންފާ ރާއްޖެއަށް ހޯދައިދިނުމަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ފަރާތުން ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޑޮނީޝިއާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިޘާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރައީސް މި މަހުގެ 16 ގައި ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

439683 8e74529a d

ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ރައީސް ގޮވާލައްވައިފި

Rasmale

ރަސްމާލެއިން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް މިހާރު ހިއްކައިފި

TTH_advertisement