ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

majilis
STO_Ads
TTH_Ads
Advertisement

‏ރާއްޖޭގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހަދަން އިސްލާހް ހުށަހަޅައިފިއެވެ.

އެކަން ޢިއުލާން ކުރެއްވީ މިއަދު ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައެވެ.

HajjCop_ads
Advertisement

ޖުވާ ކުޅުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާވެސް ޚިލާފު ކަމެކެވެ. އެހެންކަމުން، ރާއްޖޭގައި ޖުވާ އަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް ސިއްރުސިއްރުން ނުވަތަ ގަވާއިދާ ޚިލާފަށް ޖުވާ ކުޅޭ މައްސަލަތައް ފެންމަތިވަމުން އަންނައިރު، އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގަވާއިދުން މަސައްކަތް ކުރެއެވެ. ރާއްޖޭގައި އެންމެ ގިނައިން ކުޅެނީ އޮންލައިން ޖުވާއެވެ.

ޖުވާ ކުޅުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަފުރަތުކުރައްވާ އަދި ހަރާމް ކުރައްވާފައިވާ ކަމެކެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާ އާއި، ޖުވާ އާއި، ބުދުތަކާއި، ފާލުބެލުމަށް ހަދާފައިވާ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ނުތާހިރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެތަކެތިން ދުރުހެލިވާށެވެ! (އެއީ) ތިޔަބައިމީހުން ކާމިޔާބު ލިބިގަތުމަށްޓަކައެވެ.” (އަލްމާއިދާ: 90)
މި އާޔަތުން ދޭހަވަނީ ޖުވާ އަކީ ޝައިޠާނާގެ ކަމެއް ކަމާއި، އެއީ އިންސާނުންނަށް ގެއްލުންދެނިވި ނުބައިކަމެއް ކަމެވެ.

ޖުވައިގެ ސަބަބުން ދިމާވާ ބައެއް ކަންކަމަށް ނަޒަރުކުރާއިރު، ޖުވާގެ ސަބަބުން އިންސާނާ ﷲގެ ޒިކުރުންނާއި ނަމާދުން އެކަހެރިވެއެވެ. އަދި ޖުވާ ކުޅުމުގެ ސަބަބުން މީސްމީހުންގެ މެދުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފެދެއެވެ.

ޖުވައިގެ ސަބަބުން ވަރަށް ގިނަ އާއިލާތައް ރޫޅި، ދަރީން ބެލެނިވެރިންގެ ލޯބިން މަހުރޫމްވެއެވެ. އަދި ޖުވާ ކުޅުމަށްޓަކައި ނުވަތަ ޖުވާއިން ލިބޭ ދަރަނިތައް ދެއްކުމަށްޓަކައި މީހުން ވައްކަންކޮށް، މީހުންނަށް އޮޅުވައިލައި، ފޭރުން ފަދަ ޖަރީމާތަކަށް އަރައިގަނެއެވެ. ހަމައެހެންމެ ޖުވާ ކުޅޭ މީހުންނަށް މުޖުތަމަޢުގައި އޮންނަ އިތުބާރު ގެއްލި، އެކަހެރިވެއެވެ.

ޖުވާގެ ސަބަބުން ކަންބޮޑުވުމާއި، ހާސްކަމާއި، މާޔޫސްކަން ފަދަ ނަފްސާނީ މައްސަލަތައް ދިމާވެއެވެ. ބައެއް ފަހަރު އަމިއްލައަށް މަރުވުން ފަދަ ނުރައްކާތެރި ހާދިސާތައްވެސް ހިނގައެވެ. އަދި ޖުވާ ކުޅެގެން މީހަކު މުއްސަނދިވުމަކީ ދިގު ރާސްތާއަށް ބަލާއިރު ނާދިރު ކަމެކެވެ. މިކަމުގެ ސަބަބުން ދަރަނިވެރިވެ، މުދާ ގެއްލި، ފަގީރުކަން ކުރިމަތިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު ދަންމައިލަނީ

788

ބޭރު ފައިސާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

CEV1UTPynNfdhixC99klhF2INIa7yGa8HC68DwMY 551x431

ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ފަޅުތަކާއި ރަށްތައް ބޭނުންކުރެވިގެން ނުވާނެ: މެންބަރު އިބްރާހީމް ޙުސައިން