ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

މުޒާހަރާތައް ލައިވްކުރުމުގައި އުސޫލާ ޚިލާފުވާނަމަ ފިޔަވަޅު އަޅަނީ

Sofaa
ބްރޯޑްކޮމްގެ ރައީސާ ސަފާ

މި ދުވަސްވަރު މާލޭގައި ކުރަމުންގެންދާ މުޒާހަރާތަށް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމުގައި އުސޫލާ ހިލާފުވާ ބްރޯޑްކާސްޓަރުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ އެއްވެ އުޅުމުގެ ގާނޫނުގައި ކޮމިޝަނުން ލައިސަންސް ދޫކޮށްގެން ރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ހުރިހާ ފަރާތްތަކުން ރާއްޖޭގައި ބާއްވާ މުޒާހަރާތަކާއި އެއްވުން ފަދަ ކަންކަން ބްރޯޑްކާސްޓް ކުރުމުގައި އަމަލު ކުރަންވީ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވާކަން އެ ކޮމިޝަނުން ހަނދާންކޮށްދިނެވެ.

އެ ގަވައިދުގެ ދަށުން، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަކީ ހުރިހާ ވަގުތެއްގައި ވެސް އަމަލު ކުރަންޖެހޭ މިންގަނޑެއް ކަމަށް ވެސް ބަޔާނުގައިވެއެވެ. އެހެންވެ، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި އެއާ ހިލާފަށް އެފަދަ އެއްވުންތަކާއި މުޒާހަރާތައް ނުދެއްކުމަށް ނަސޭހަތްތެރިވެފައިވެއެވެ.

“ގާނޫނާއި ގަވައިދުތަކުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނީ އިމުގެ ތެރެއިން، މި ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،” ބްރޯޑްކާސްޓިން ކޮމިޝަންގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

ބްރޯޑްކޮމްގެ އެސްޖީ އަކަށް ޔާމީން އިދުރީސް

Fazeeluu

ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ސަސްޕެންޑުކޮށްފި

Xee

ބްރޯޑްކޮމްގެ އެސްޖީ ސަސްޕެންޑުކޮށްފި

82439

ބްރޯޑްކޮމްއަށް އައްޔަންކުރަން 10 ނަމެއް މަޖިލީހަށް ފޮނުއްވައިފި

TTH_advertisement