ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ބްރޯޑްކޮމްއަށް އައްޔަންކުރަން 10 ނަމެއް މަޖިލީހަށް ފޮނުއްވައިފި

82439

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި 10 ނަމެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ނަންތައް ހުށަހަޅައިފައެވެ.

އެ ނަންތަކަކީ:

  • އައިމިނަތު ޝިޔާނާ، މ. ފަތަހަ
  • އިބްރާހިމް އަޝްރަފް، ވ. މަށިވެލި
  • މޫސާ ރިލްވާން، މ. ހާވިލާ
  • އަލީ ޔޫސުފް ބާރަނާ، ޅ. ހިންނަވަރު
  • ޒީނާ ޒާހިރު، އަތިރީގެ، ގދ. ގައްދޫ
  • އަހުމަދު ޒާހިރު، ހ. ސަންދަލީގެ
  • ޒަމްއަތު އަހުމަދު ވަހީދު، މަލަ، ގދ. ތިނަދޫ
  • މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ
  • ޝިމްލާ އަހްމަދު، އާސްޓްރަލްގެ، ސ. ހިތަދޫ
  • ފާތިމަތު ޒައީމާ، އޯކިޑުމާގެ، ށ. ފީވަކު

މީގެ ތެރޭގައި މި ސަރުކާރުގައި ފުރަތަމަ ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ޒީނާ ވެސް ހިމެނެއެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސަކަށް މީގެ ކުރިން ހުންނެވި މުހައްމަދު ފަޒީން މިދިޔަ މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ވަނީ އެ ކޮމިޝަނުގެ މެންބަރު، ޝިފްލާ އިބްރާހީމް އައްޔަންކޮށްފައެވެ.

އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ހަ މެންބަރުންނެވެ. އެއީ، އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހީމާއި، ސަފާ ޝަފީގު، މުހައްމަދު އަބްދުﷲ އާއި އާމިނަތު ނުޒުހާ އަދި އާމިނަތު ސަރާހަތު އިއްޒަތުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement