ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

367637 c81b0517 b
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު — ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގުވަމީ ބޯޓުފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެށި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ހުއްޓާނުލާ ކަމަށާއި އެ ހިދުމަތުން ފައިދާވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އުތުރުގައި ދެމުން އަންނަ ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ 19 ސެޕްޓެމްބަރު 2024 ގައެވެ. އެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބަންކަރިންއަކީ ބައިނަލްއަގުވާމީ ބޮޑު ވިޔަފާރިއެއް ކަމަށާއި އެއީ އެތައް ބިލިއަން ޑޮލަރެއްގެ ބޮޑު ވިޔަފާރިއެއް ކަމަށެވެ.

ބަންކަރިންގެ ހިދުމަތުން ލިބޭ އާމްދަނީ ކޮންމެ ދުވަހަކު ހިއްސާނުކުރެވުނު ނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ މާލީ ހިސާބުތަކުން އެ އަދަދުތައް ފެންނަން ހުންނާނެ ކަމަށާއި އެކަން ފެށީމާ މިއަދު ނަފާވެރިކަން އެބަ ލިބޭ ކަމަށެވެ.

ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފަށާ ދުވަހު ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް 400 މިލިއަން ޑޮލަރު ވަދެގެންނާނެ ކަމަށް އެއްވެސް އިރަކު ނުދަންނަވާ ކަމަށާއި އެ ވާހަކަތައް ދައްކަމުން އެ ގެންދަނީ އޮޅުވާލުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް ލިބެމުންއެބަދޭ: ސައީދު

Large 170819522430tbxu

ޖަމީލަށް ސައީދުގެ ރައްދު: ޕާޓީ ހިންގުމުގެ ނަމުގައި ތިޔަ ކުރަނީ ގައުމަށް ފުރައްސާރަ!

Wjejek

ތުރުކީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ސަބަބުން އިންވެސްޓްމެންޓުގެ ފުރުސަތުތައް ފަހިވާނެ: ސައީދު

TTH_advertisement