ކުއްލި ޚަބަރު

75 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑައެޅި މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ބޮޑު ޚަރަދުކޮށްގެން ހުރާގައި ހެދި މޮނިއުމަންޓަކަށް ގެއްލުން ދީފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ޚާރިޖީ ވަޒީރު ތުރުކީއަަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ތުރުކީ އަށް ކުރެއްވި ރަަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ވަޒީރު ތުރުކީ އަށް ކުރެއްވި ރަސްމީ މިދަތުރުފުޅަކީ ތުރުކީގެ އަންތާލިޔާގައި އޮތް ހަތަރުވަނަ އަންތާލިޔާ ޑިޕްލޮމެސީ ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަފުރުފުޅެކެވެ. އަންތާލިޔާގައި އޮތް މި ފޯރަމްގެ ތެރެއިން އެންގޯލާ، އަޒަރްބައިޖާން، ގެމްބިއާ، އަދި ހަންގޭރީގެ ޚާރިޖީ ވަޒީރުންނާ ޑރ.ޚަލީލު ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ތުރުކީގެ މިނިސްޓަރ އޮފް ޓްރޭޑް އޮމެރް ބޮލާޓް އަދި ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޯއި އާވެސް ޑރ. ޚަލީލް އަންތާލިޔާގައި ބައްދަލުކުރައްވާފައިވެއެވެ.

ވަޒީރު ޚަލީލްގެ އަންކާރާ ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ތުރުކީގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވުނު ދިވެހި އެމްބަސީ ހުޅުވާދެއްވާފައިވުމެވެ.

މިގޮތުން، ވަޒީރު ވަނީ އަންްތާލިޔާ ޑިޕްލޮމެސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ތުރުކީގެ ވެރިރަށް އަންކާރާ އަދި އިސްތާންބުލްގައިވެސް ރަސްމީ ހަރަަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

75 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑައެޅި މައްސަލަ އޭސީސީއަށް ހުށަހަޅައިފި

112

ބޮޑު ޚަރަދުކޮށްގެން ހުރާގައި ހެދި މޮނިއުމަންޓަކަށް ގެއްލުން ދީފި

112

މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

Main 20250806 125638

އުއްތަމަފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރައްވައިފި

TTH_advertisement ELL Mobile Advertisement