ކުއްލި ޚަބަރު

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

ނަޝީދާއި އީވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ

މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެއްޖެ، އެކަކު ގެއްލިގެން ހޯދަނީ

alifaan-boat
މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދަނީ — ފޮޓޯ: އެމްއެންޑީއެފް

މާލެ ދަތުރުކުރަމުންދިޔަ ބޯޓެއްގައި ރޯވެ އަނދައިފިއެވެ.

އެނގިފައިވާ ގޮތުގައި ރޯވެފައިވަނީ “ހޮޅުދޫ ބޯޓް” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައެވެ. އެ ބޯޓުގައި ރޯވެފައިވަނީ ތ. އަތޮޅުން މުދާ ބަރުކޮށްގެން މާލެ ދަތުރުކުރަމުންދަނިކޮށެވެ.

އެމްއެންޑީއެފުން މިރޭ ބުނީ “ހޮޅުދޫ ބޯޓް” އިން ދަތުރުކުރަމުންދިޔަ 18 މީހުންގެ ތެރެއިން 17 މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އެކަކު ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ގެއްލިގެން ހޯދަމުންދަނީ ލ. މާވަށު، އަލީ މުޝްފިގް (25އ) ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މުޝްފިގް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްްޓްގާޑާއި އެ ސަރަހައްދުގެ ގިނަ އުޅަނދުތަކެއް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި

ސްރީލަންކާގެ ޓީވެޓް ކޮލެޖްތައް ސަސްޕެންޑްކުރުން؛ ދަރިވަރުން އަވަހަށް އެމްކިއުއޭއަށް އެންގުމަށް އެދިއްޖެ

އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާނުން ރައްކާތެރިވުމުގެ ޙާއްސަ ތަމްރީން ޕްރޮގްރާމް ހިންގައިފި

ދެ ޝެއިޚުންގެ މައްޗަށް ކުރީ ސަރުކާރުގައި އުފުލި ދަޢުވާތައް އަނބުރާ ގެނެސްފި

އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފި

TTH_advertisement ELL Mobile Advertisement