ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑްރޯންގެ އެހީގައި ރާއްޖެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު ހިފަހައްޓައިފި

990
STO_Ads
TTH_Ads

ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު 5ވަނަ ދުވަހުގެ ރޭގަނޑު ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

HajjCop_ads

އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ޤައުމީ ދިފާޢީ ބާރުގެ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފި

43

އޮސްޓްރޭލިއާއިން ރާއްޖެއަށް “ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު” ރަސްމީކޮށް ހަވާލުކޮށްފި

43

މީގެ 17 އަހަރު ކުރިން ވަކިކުރި ސިފައިންގެ މީހަކަށް ވަޒީފާ ދިނުމަށް ކޯޓުން ހުކުމްކޮށްފި