ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ރޮހިންޔާ މުސްލިމުންގެ ހައްގުގައި ހުށަހަޅައިފައިވާ މައްސަލައަށް ރާއްޖޭން ބަޔާން ދީފި

މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ ހައްގުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅައިފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ތަދައްހުލްވެ، އެ ކޯޓަށް ލިޔުން ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ފަރާތުން މިދިޔަ ހުކުރު ދުވަހު ވަނީ އައިސީޖޭއަށް ލިޔުން ހުށަހަޅާފައެވެ.

މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް އައިސީޖޭއަށް މައްސަލަ ހުށަހެޅީ ގެންބިއާ އިސްވެ އޮވެ 2019 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު ރާއްޖެއިން އެދިގެން ލިބުނީ މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހުއެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މި މައްސަލައިގައި ރާއްޖެއިން ހުށަހެޅި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ގަތުލު އާއްމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތަކުގެ މާނަކުރުމަށެވެ. އެގޮތުން ހާއްސަކޮށް އެ މުއާހަދާގެ، 1، 4، 5 އަދި 6 ވަނަ މާއްދާގެ ދަށުން ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް މާނަކޮށްފައިވާ ގޮތަށް އަލިއަޅުވާލާފައިވެއެވެ.

އަދި ރޮހިންޔާ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާ ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޑީޕީ ސަރުކާރުގައި ބަދަލުގެ ގޮތުގައި 800 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދީފައިވޭ: އުޝާމް

އޭޖީ އޮފީސް، ސިވިލް ސާވިސް އިން ވަކިކުރާ ބިލު، ރައީސް ތަސްދީގުކުރައްވައިފި

Ushaam 1024x683 r2osfzjbjo1dd7lr68

ބިލް އަނބުރާ ފޮނުވާލެއްވީ ހަތް ފަނޑިޔާރުންގެ ޤާބިލްކަން ވަޒަންކުރެވޭނެ ޙާލަތެއް މިހާރު ނެތުމުން: އުޝާމް

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީއިން އުޝާމު ތަނާޒުލްވެއްޖެ

TTH_advertisement