ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީ ސަރުކާރުގައި ބަދަލުގެ ގޮތުގައި 800 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދީފައިވޭ: އުޝާމް

TTH_Ads
STO_Ads
Advertisement

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 800 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވީ ކުރީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލައިވާލައިފައި އޮތް ސެޓަލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައިވާ ކަމަށެވެ. ރަށްރަށާއި ފަޅުތައްވެސް އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ކަމަށާއި އެތަންތަނުގެ އަގުމަގު ކުރާއިރު 800 މިލިޔަން ރުފިޔާގެ ބަދަލު އެކޮމިޓީން ދީފައިވާ ކަމަށް ލަފާ ކުރެވޭ ކަމުގައި ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ކުރީ ސަރުކާރުން ސެޓަލްމަންޓް ކޮމިޓީގެ ބޭރުންވެސް ބައެއް ފަރާތްތަކަށް ބަދަލު ދީފައިވާ ކަމަށެވެ. އަދި އެ ކޮމިޓީ އުފެއްދުމުގެ ކުރިންވެސް ބަދަލު ދީފައިވާކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ސެޓަލްމަންޓް ކޮމިޓީގެ ބޭރުންވެސް އެކިއެކި ފަރާތްތަކަށް ބަދަލުތައް ދެވިފައި އެބަހުރި. މީޑިއޭޝަން މަރުހަލާގައި ދީީފައިވާ ބަދަލުތަކާއި ކޯޓުން ބޭރުން ސެޓަލްމަންޓް ކޮމިޓީ އުފެއްދުމުގެ ކުރިން އަދި އެހެން ކޮމިޓީއެއް އުފައްދައިގެންވެސް މިކަހަލަ ކަންކަން ކޮށްފައި އެބަހުރި. އޭގެ ވެލުއޭޝަނެއް އަދި އަޅުގަނޑުމެންނަށް ހެދިފައެއް ނުވޭ، އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ 800 މިލިޔަނަށްވުރެ މައްޗަށް ދާނެ ކަމަށް” ބަންޑާރަނައިބު

ބަންޑާރަނައިބު ވިދާޅުވީ މި ސެޓަލްމަންޓް އެއްބަސްވުންތަކުގެ ދަށުން ދޫކުރި ފަޅުތަކާއި ރަށްތައް މިހާރު ދައުލަތަށް އަނބުރާ ނަގާފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން އުފެއްދި ސެޓަލްމަންޓް ކޮމިޓީން ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުންދިޔައީ، ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި ކަމަށް ބަންޑާރަނައިބު ވަނީ ސަރުކާރު ބަދަލުވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ލަފާ ދެއްވާފައެވެ. އަދި ބަދަލުތައް ދިނުމުގައި ބަންޑާރަނައިބުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި އެކަންކަން ކުރިއަށްދިޔައީ ޤާނޫނުއަސާސީ ޚިލާފަށް ކަމަށްވެސް ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވިއެވެ.

ބަންޑާރަނައިބުގެ މި ލަފާފުޅުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަނީ 21 ނޮވެމްބަރ 2023ގައި ސެޓަލްމަންޓް ކޮމިޓީ އުވާލައްވާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ތާވަލު ބާތިލުކުރަން ކޯޓަށް ހުށަހަޅައިފި

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާތިލްކުރަން ކޯޓަށް

43

ކަނޑައަޅާފައިވާ ތާރީޚްގައި އިންތިޚާބު ނުބާއްވައިފިނަމަ ޕާޓީގެ މަސްލަހަތު ގެއްލޭނެ: ނަޝީދު

43

ނަޝީދު މޮޅުވާނެކަން އެނގުމުން ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ސޯލިހު އަންގަވައިފި