މާލޭގެ އެކި ހިސާބުތަކުން ބަލިވެ އަދި މަރުވެފައިހުރި ކޮތަރު ފެންނަ މައްސަލަ ބަލަން ފަށައިފިއެވެ.
އެނިމަލް އެންޑް ވެލްފެއާ މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްގެން، ކޮތަރުތައް ބަލިވެ ނޫނީ މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެ މިނިސްޓްރީން ބުނީ މިކަން ދެނެގަނެވުނުހާ އަވަހަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ކޮތަރުތަކަށް އެކަން ދިމާވި ސަބަބު ދެނެގަނެވުނުހާ އަވަހަކަށް ތަފްސީލު އާންމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުގައި ކޮތަރުގެ ތުންގަނޑު އަދި ލޯ ކައިރީގައި އެއްޗެހިތަކެއް ނަގައިފައި ހުރެއެވެ.