ކުއްލި ޚަބަރު

ހައްދުންމަތީ ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ރައީސްގެ އިޞްލާހީ ފިޔަވަޅުތަކީ އިޤްތިސާދީ ހަމަޖެހުމަށް މުހިއްމު ބަދަލުތަކެއް: އައިއެމްއެފް

ރަމަޟާން މަހަށް ގޭބިސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް މިއަދު ބަހަންފަށާނެ

މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލަ ކުރިއަށް ގެންދަން ނިންމައިފި

Img 6442 1536x709

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙު ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅުނު މައްސަލަ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ޙުސައިނެވެ. އަލީ ޙުސައިން ކޯޓުގައި އެދިވަޑައިގެންފައިވަނީ މި އިޞްލާޙަކީ ބާޠިލު އިޞްލާޙެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް މި އިޞްލާޙު ނުހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި، މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލައަށް ތަދައްޚުލުވި ފަރާތްތަކަށް އަދި ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމެވީ މި މައްސަލަ ބަލައިގަނެ ކުރިއަށް ގެންދިއުމަށެވެ.

ދައުލަތުގެ ފަރާތުން، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ ގިނަ ނުކުތާތަކެއް ނަންގަވާފައެވެ. އެގޮތުން، ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރެއްކަމާއި، މި އިޞްލާޙު ގެނެވިފައިވަނީ އިޖުރާއަތުތައް ފުރިހަމަކޮށް 78 މެންބަރުންގެ ވޯޓުން ކަމަށް ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ބާރު ލިބިގެންވާ ފަރާތްތަކެއް ކަމަށާއި، މި އިޞްލާޙަކީ އިޖުރާއަތުތައް ފުރިހަމަކޮށްގެން ގެނެވުނު އިޞްލާޙެއް ކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ޖަވާބުދާރީވުމަށް 10 ދުވަހަށްވުރެ ގިނަ ދުވަސް ބޭނުންވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ދަންނަވާފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ރިޔާސަތު ބެލެހެއްޓެވީ އުއްތަމަފަނޑިޔާރު މުޢުތަޞިމް ޢަދުނާނެވެ. އަދި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން

ގުޅުންހުރި

Sq

14 ކިލޯގެ މަސްތުވާތަކެއްޗާއެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފި

392764 7caca3e7 6

ހައްދުންމަތީ ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

20250221 194408

އައްޑޫ ސިޓީގެ އައު ޖެނެރޭޓަރުން ޚިދުމަތް ދޭން ފަށައިފި

8npcxpte9jjl3hsj3chx

ވިޔަފާރީގެ ފައިދާ އިތުރުކުރުމަށް ވުރެ ރަމަޟާން މަހުގެ މަތިވެރި މަޤްޞަދަށް އިސްކަންދެއްވާ: ޚުޠުބާ

Mulhi Raajje