ކުއްލި ޚަބަރު

އަލްބަނީޒްގެ ވަރުގަދަ ރައްދު އެމެރިކާ އެމްބަސެޑަރަށް: އިންސާނީ އެހީ ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް!

ބޯހިޔާވަހިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލައިގެ ތަހުގީގު ފަށައިފި

2024 ގައި އެމްޓީސީސީއިން 189 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވޭ

18216908 1208758065901219 3412090331485346190 O 1200x675

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 32.1 އިންސައްތަ ދަށް އަދަދެކެވެ.

2024 ވަނަ އަހަރު ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި 211.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 37.2 އިންސައްތަ ދަށް އަދަދެކެވެ. ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 84.2 މިލިއަން ރުފިޔާއެވެ.

2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީއިން ވަނީ 189 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން 9 މަޝްރޫޢެއްގެ މަސައްކަތް ނިންމާލާފައިވާއިރު، އަލަށް 3 މަޝްރޫޢެއްގެ މަސައްކަތް ފަށާފައިވެއެވެ.

ނިމިގެންދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީއިން ނިންމާލެވުނު މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ނ. މާފަރު އެއަރޕޯޓް ތަރައްޤީކޮށް ފުޅާކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި، ހދ. ކުމުންދޫ ބަނދަރުގެ ޗެނަލް އެޅުމުގެ މަސައްކަތް، އަދި ބ. ކަމަދޫ ބަނދަރު އަލުން އިމާރާތްކުރުމުގެ ޑިޒައިން އަދި އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

އަލްބަނީޒްގެ ވަރުގަދަ ރައްދު އެމެރިކާ އެމްބަސެޑަރަށް: އިންސާނީ އެހީ ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް!

8ް0999999999

ބޯހިޔާވަހިކަމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

398171 f8751cf9 9

އެސްއޯއީތަކާ ބައްދަލުކޮށް މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް މަޝްވަރަކުރައްވައިފި

72999222536383

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލައިގެ ތަހުގީގު ފަށައިފި

MTCC Advertisement TTH_Advertisement