ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހުސައިން ޝަރީފް ސަސްޕެންޑުށްފިއެވެ.
ސިވިލްސާވިސް ކޮމިޝަނުން ޝަރީފް ސަސްޕެންޑުކުރީ އޭނައާ ގުޅޭ މައްސަލައެއް ބަލަމުންދާތީއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ޝަރީފް ސަސްޕެންޑުކުރީ އިއްޔެއިން ފެށިގެން ކަމަށެވެ.
ކުރިން ޔޫތް މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ އެއް މިނިސްޓްރީއެއްގެ ގޮތުގައި ހިންގިއިރު، ޕީއެސްގެ މަގާމަށް އޭނާ އައްޔަން ކުރީ 2018 މޭ މަހުގެ ތެރޭގައެވެ.
އޭނާއާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެ އެވެ.
ޝަރީފް ސަސްޕެންޑުކޮށްފައިވާތީ ޕީއެސްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީއާ މިހާރު ވަނީ ހަވާލުކޮށްފައެވެ.