ކުއްލި ޚަބަރު

އީރާނަށް ހަމަލާދިނުމާމެދު ޓްރަމްޕަށް އަދިވެސް ގޮތެއް ނުނިންމޭ، އެކަމަކު ހުރީ އިސްރާއީލު ދަށުވެ ފިތިފައި

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

ވަށާޖެހޭ، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާޢަތެއް ޤާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފި

391688 F198b465 8

ވަށާޖެހޭ، ދެމެހެއްޓެނިވި އަދި ޤުދުރަތީ ކާރިސާތަކުން ސަލާމަތްކަން ކަށަވަރުކުރެވޭ ދަނޑުވެރިކަމުގެ ސިނާޢަތެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވެފައިވަނީ މިއަދު މާލޭގައި ބޭއްވުނު “ކްލައިމެޓް ރެޒިލިއެންޓް އެގްރިކަލްޗަރ ފޮ ފުޑް ސެކިއުރިޓީ އިން މޯލްޑިވްސް” ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނީ ދިރިއުޅުމާއި ދަނޑުވެރިކަމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުން އިތުރުކުރުމަށްޓަކައި ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، ކެމިކަލް އެކުލެވޭ ގަސްކާނާގެ ސަބަބުން ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ބަހުސްކުރެއްވިއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި އެންމެ ފަހުގެ އިޖާދީ ގޮތްތަކާއި މަޢުލޫމާތުގެ ބޭނުން ކުރުމާއި، ޚާއްޞަކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެފަދަ ޒަމާނީ އައު އީޖާދުތަކުގެ ބޭނުންހިފައި، އަދި ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުން ފުރިހަމައަށް ކޮށްގެން، އުފެއްދޭ މިންވަރު އިތުރުކޮށް، ވިލުންވެރި، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ޤާއިމުކުރުމުން، ރައްޔިތުންނަށް އޭގެ ފައިދާލިބިގެންދާނެ

އެކަމަނާ އިތުރަށް ވިދާޅުވީ، މިފަދަ ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއްގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތައް މަދުކުރެވި، ރައްޔިތުންގެ ދުޅަހެޔޮކަން ޔަޤީންކުރެވިގެންދާނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ފެންވަރު ކަށަވަރުކުރެވި، އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ފަހިކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ކޮންފަރެންސަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް އޯގަނައިޒޭޝަން ފޮ ފުޑް ސެކިއުރިޓީ (އައިއޯއެފްއެސް) ގުޅިގެން އިންތިޒާމުކޮށްގެން ބޭއްވި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ދިރާސާވެރިން ބައިވެރިވިއެވެ.

އެމްއެންޔޫއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި:

1. މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ތަރައްޤީކޮށް، ކާބޯތަކެތީގެ ކަށަވަރުކަން ޔަޤީންކުރުމާ ބެހޭގޮތުން މަޝްވަރާކުރުން
2. ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އންތަކާއި، އޭގެ ޙައްލުތައް ހޯދުން
3. ދާއިރާގެ ބައިވެރިންގެ މެދުގައި އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވި ފަރާތްތަކުން، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އައު ޓެކްނޮލޮޖީތަކާއި، ދެމެހެއްޓެނިވި އުސޫލުތަކާ ބެހޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ކޮންފަރެންސްގައި ބައިވެރިވި ގިނަ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މިފަދަ މަޝްވަރާތަކަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މިފަދަ މަޝްވަރާތަކުން ނުކުންނަ ނަތީޖާތައް ތަންފީޒުކުރުމަކީ ކުރިއަށް އޮތްތަނުގައި އިސްކަންދޭންޖެހޭ ކަމެއްކަމުގައި ފާހަގަކުރެވުނެވެ.

ގުޅުންހުރި

trump

އީރާނަށް ހަމަލާދިނުމާމެދު ޓްރަމްޕަށް އަދިވެސް ގޮތެއް ނުނިންމޭ، އެކަމަކު ހުރީ އިސްރާއީލު ދަށުވެ ފިތިފައި

dr mulhalib

ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް އަންނަ އަހަރުގެ ނިޔަލަށް ފޯރުކޮށްދެވޭނެ: މުއްޠަލިބު

ދެ ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި

ވިލިމާލޭގައި މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރަނީ

TTH_advertisement ELL Mobile Advertisement