ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި

Big Waejj2sgnsqzuv1l7ymeclz6b

ހދ. ހިރިމަރަދޫ ރައްޔިތުން އެދިފައިވާ ގޮތަށް، އެރަށުގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެވެ.

ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް އެރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލު ސަރުކާރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި މި މަޝްވަރާތައް އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ފަށާފައެވެ.

ހިރިމަރަދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެރަށުގެ އާބާދީއަކީ 293 އެވެ. ހިރިމަރަދޫގެ އިތުރުން، އާބާދީ ބަދަލުކުރުމަށް ވ. ރަކީދޫން ވެސް ވަނީ އެދިފައެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖެ 7 ޒޯނަކަށް ބަހާލައިގެން ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމެވެ. މިގޮތުން ކުދި އާބާދީތަކުން މިފަދަ ސަރަޙައްދުތަކަށް ބަދަލުވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މި ނިންމުމަކީ ރާއްޖޭގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މި ސިޔާސަތުގެ މަޤްޞަދަކީ ކުދި އާބާދީތަކަށް ބޮޑެތި ރަށްރަށުން ލިބެންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ވަސީލަތްތައް ހަރުދަނާކޮށް، ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ނ ނަސީމް
ވަރަށް ރަނގަޅު ނިންމުމެއް! މިހެން ހަދައިގެން ނޫނީ މިރާއްޖެ ތަރަށްގީއެއް ނުވާނެ! މިހެން ބަދަލުވާން ބޭނުން ކިތަންމެ ރަށެއް އެބައޮތް! އާބާދީއާއި އެއްފަސްކޮއްގެން މެނުވީ މިރާއްޖެ ތަރަށްގީއެއް ނުކުރެވޭނެ!
ނ ނަސީމް
އާބާދީ މަދު ހުރިހާ ރައަށްތަށެއްވެސް ބޮޑެތި ރައްތަކަށް ބަދަލު ކުރަންވީ! އަދި މިހެން ބަދަލުވާން ބޭނުންވާ ވަރަށް ގިނަ ރައްތައް އެބަހުރި! މި ސިޔާސަތު އިސްކޮށް ގެން މެނުވީ މުޅި ރާއްޖެ ތަރައްޤީ ކުރެވޭކަށް ނެތް! ވަރިހަމަ ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުއްޓަސް!
އ އީސާ
ވަރަށް ރަގަނޑު ނިންމުމެއް ކުދި އާބަދީ އެއްކޮށްލަންވީ

ގުޅުންހުރި

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

students

ވޭތުވެދިޔަ ދެ އަހަރު ހިލޭ ޑިގްރީ ސްކީމުގެ ދަށުން 6،000 ކުދިން ދަސްވެނިވެއްޖެ: ރައީސް

TTH_advertisement