ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޕެއިނުގެ ކްލަބުތަކުން ތާރީޚީ ކާމިޔާބީއަކާއެކު ޔޫރަޕްގައި ބާރުގަދަކޮށްފި

Getty
Maldivian_Ads
TTH_Ads
STO_Ads
Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ، ސްޕެއިނުގެ ކްލަބުތަކުން ތާރީޚީ އަދި ފާހަގަކޮށްލެވޭ މޮޅުތަކަކާއެކު ޔޫރަޕްގެ މައިދާނުގައި އެ ޤައުމުގެ ބާރުގަދަކަން ދައްކާލައިފިއެވެ. މިގޮތުން އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުތަކުގައި ވާދަކުރި ސްޕެއިނުގެ ތިން ކްލަބު ކަމަށްވާ ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް އަދި ވިޔަރެއާލް ވަނީ ބޮޑު ތަފާތަކުން މޮޅުވެފައެވެ.

މި މެޗުތަކުގައި ވާދަކުރި ސްޕެއިނުގެ ކޮންމެ ޓީމަކުންވެސް ވަނީ މަދުވެގެން ދެ ލަނޑުގެ ތަފާތުން މޮޅުވެފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ދިގު ތާރީޚުގައިވެސް ސްޕެއިނުގެ ޓީމުތަކަށް ވަރަށް ނާދިރު ކާމިޔާބީއެކެވެ. ރަށުން ބޭރުގައި ކުޅުނު މެޗުގައި ބާސެލޯނާއިން ވަނީ 4-1 ގެ ބޮޑު ނަތީޖާއަކުން ގަލަޓަސަރާއީ ބަލިކޮށްފައެވެ. މީގެއިތުރުން، އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ 2-0 އިން ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައެވެ. އަދި ވިޔަރެއާލުން ވަނީ އިޓަލީގެ ނަޕޯލީގެ މައްޗަށް 3-1 އިން ކުރިހޯދާފައެވެ.

ފުޓްބޯޅައިގެ ހިސާބުތަކާއި ތަފާސްހިސާބުތައް ދިރާސާކުރާ މަޝްހޫރު ތަޖުރިބާކާރު “މިސްޓަރ ޗިޕް” ހާމަކުރި ގޮތުގައި، ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެއް ދުވަހެއްގައި ސްޕެއިނުގެ ތިން ކްލަބަކުން މަދުވެގެން ދެ ލަނޑުގެ ތަފާތުން މޮޅުވެފައިވަނީ މީގެ ކުރިން އެންމެ ފަހަރަކުއެވެ. އެއީ މީގެ 10 އަހަރު ކުރިން، 15 ސެޕްޓެމްބަރު 2015 ގައެވެ.

HajjCop_ads
Advertisement

އެ ދުވަހު ރެއާލް މެޑްރިޑުން ވަނީ 4-0 އިން ޝަޚްތަރު ޑޮނެޓްސްކް ބަލިކޮށްފައެވެ. އަދި ސެވިއްޔާއިން 3-0 އިން ބޮރޫޝިއާ މޮންޗެންގްލަޑްބަކް ބަލިކުރިއިރު، އެތުލެޓިކޯ މެޑްރިޑުން ވަނީ ރަށުން ބޭރުގައި 2-0 އިން ގަލަޓަސަރާއީ ބަލިކޮށްފައެވެ.

މި ތާރީޚީ ކާމިޔާބީއަށް ދިހަ އަހަރު ފުރުނުއިރު، ލަ ލީގާގެ ޓީމުތަކުން މިވަނީ އަނެއްކާވެސް އެފަދަ ފުރިހަމަ ކާމިޔާބީއެއް ތަކުރާރުކޮށް، ޔޫރަޕްގެ ފުޓްބޯޅައިގައި އެ ޤައުމުގެ ކްލަބުތަކުގެ ހައިބަތު އަލުން ސާބިތުކޮށްދީފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B7294790 c746 11f1 b4d5 87f9c6c95a29

އަމިއްލަ ދަނޑުގައި ކްލަބް ބްރޫޖް އަތުން އިންޓަރ މިލާން ބަލިވެއްޖެ

Reuters 6ace8882

އެތުލެޓިކޯ އަތުން ބަލިވެ، ޔުނައިޓެޑަށް މާޔޫސްކަން

MGA8006

ފަހަތުން އަރައި ބާސެލޯނާއިން ގަލަތަސަރާއީ ބަލިކޮށްފި

Getty

ދެވަނަ ހާފުގައި ޖެހި ތިން ލަނޑާއެކު އާސެނަލްއިން ލިލް ބަލިކޮށްފި