ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚާރިޖީ ވުޒާރާއާއި މުވައްޒަފުންނާ ގުޅޭގޮތުން ސާބިތުނުވާ މަޢުލޫމާތު އާންމު ނުކުރުމަށް އިލްތިމާސް ކޮށްފި

office foreign ministry
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޚާރިޖީ ވުޒާރާއާއި މުވައްޒަފުންނާ ގުޅޭގޮތުން ސާބިތުނުވާ މަޢުލޫމާތު އާންމު ނުކުރުމަށް އިލްތިމާސް ކޮށްފި އެވެ.

ދިވެހި ޚާރިޖިއްޔާއިން އެކަމަށް އިލްތިމާސް ކޮށްފައިވަނީ ޕީއެންސީއަށް ސޮއިނުކުރެއްވުމުން ސަފީރަކު މަގާމުން ވަކި ކުރެއްވި ކަމަށް ވިދާޅުވެ، ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރެއް ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން ސާފުކޮށްދީ ނެރުނު ބަޔާނެއްގަަ އެވެ.

އެ ވުޒާރާއިން ބުނީ މި ޚަބަރަކީ ހަޤީގަތާ ޚިލާފު ޚަބަރެއް ކަމަށެވެ.

HajjCop_ads
Advertisement

ސަފީރުން މަގާމަށް އައްޔަނުކުރުމާއި މަގާމުން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާރވިސް ޤާނޫނުގެ ދަށުން، ވަކި އުޞޫލުތަކެއްގެ މަތީން ހިނގަމުންދާ ކަމެއް ކަމަށާ އެގޮތުގެ މަތީން، ސަފީރުން ވަކި ކުރުމުގެ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ނިންމަވަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ނޫހަކުން ފެތުރި ޚަބަރުގައި ފާހަގަކޮށްފައިވާ ސަފީރަކީ 3 ޖެނުއަރީ 2024 އިން ފެށިގެން އެމްބެސެޑަރ އެޓް ލާރޖްގެ ގޮތުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޚާރިޖީ ވުޒާރާގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށާ އަދި ސަފީރެއްގެ ގޮތުގައި އައްޔަނު ކުރައްވާފައިވަނީ 30 އޮކްޓޯބަރ 2024 ގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ޚާރިޖީ ވުޒާރާއިން ބުނީ ފޮރިން ސާރވިސްގެ މުވައްޒަފުންނަށް ފޮރިން ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށާ އެގޮތުގެ މަތީން، ފޮރިން ސާރވިސްގެ މުވައްޒަފުން ޤާނޫނާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން މަޖުބޫރު ކޮށްފައި ނުވާނެ ކަމަށެވެ.

އެހެން ކަމުން ޚާރިޖީ ވުޒާރާއާއި މުވައްޒަފުންނާ ގުޅޭގޮތުން ސާބިތުނުވާ މަޢުލޫމާތު އާންމު ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Belarus'

ރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމެއް

office foreign ministry

އިނގިރޭސިވިލާތުގެ ވިސާ މާލޭގައި ތިބެގެން ނެގޭނެ ވަގުތީ އިންތިޒާމެއް ހަމަޖައްސައިފި

އދ ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި

office foreign ministry

ހަމަލާތައް ކުށްވެރިކުރުމަށްފަހު، ރާއްޖެއިން ގޮވާލީ އަލުން ސުލްހަ ގާއިމްކުރަން