ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހުޅުމާލޭގައި އޮންނަ ސިންތެޓިކް ޓްރެކް ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާގެ މިންގަނޑަށް ފެތޭ ގޮތަށް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް އޮކުޓޯބަރު މަހު ފަށާނެ ކަމަށް ޒުވާނުންބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު އިއުލާންކުރެއްވީ ނިމުނު ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ “އަހާ” ފޯރަމުގައެވެ.

ވަޒީރުންނާއި ސުވާލުކުރުމަށް ކުރިއަށްގެންދާ “އަހާ” ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު އޭރު ވިދާޅުވީ، ހުޅުމާލޭގައި މިހާރު އޮތް ސިންތެޓިކް ޓްރެކަކީ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކަށް ހެދިފައިވާ ޓްރެކެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތުލީޓުން ރެކޯޑެއް ހެދިކަމުގައިވިޔަސް، ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަން ގަބޫލުކުރާ ފެންވަރުގެ ޓްރެކްގައި ހަދާ ރެކޯޑްތައް ކަމަށެވެ.

HajjCop_ads
Advertisement

އަދި މި މަސައްކަތް މިމަހު ފެށުމަށްފަހު އުއްމީދަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޓްރެކްގެ މަސައްކަތް މުޅިން ނިންމާލުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ހުޅުމާލޭ ސިންތެޓިކް ޓްރެކް ބަދަލުކުރުމަށް ބޭނުންވާ ތަކެތި މިހާރު އޯޑަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ތަނުގެ ހުރިހާ ތަފުސީލީ ކުރެހުންތަކެއްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ހުޅުމާލޭ ސިންތެޓިކް ޓްރެކް އެތުލެޓިކްސްގެ މިންގަނޑަށް ފެތޭ ގޮތަށް ބަދަލުކުރަނީ