ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުރަމަތީގެ ކެންސަރަށް ޝައްކުކުރެވޭނަމަ ވަގުތުން އެހީތެރިކަން ހޯދުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

HUF6WVlbQAA3bfS
STO_Ads
TTH_Ads
Maldivian_Ads
Advertisement

އަމިއްލަ ސިއްޙަތަށް އިސްކަންދީ، އުރަމަތީގެ ކެންސަރަށް އެއްވެސް މިންވަރަކަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް ވަގުތުން ޞިއްޙީ އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ބޭއްވި ޚާއްޞަ ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް މިއަހަރު ކަނޑައަޅާފައިވާ ތީމުން ވަރަށް މުހިންމު ޙަޤީޤަތެއް ހާމަކޮށްދޭ ކަމަށެވެ. އެގޮތުން، ކެންސަރާ ގުޅޭ އެންމެހައި ފަރުވާތަކަކީ ހޭލުންތެރިވުމުން ފެށިގެން އަންނަ ކަންކަން ކަމަށާއި، އަމިއްލަ ހަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަކޮށް، އެކަމާ މެދު ސުވާލު އުފައްދައި، ޖަވާބު ހޯދަން ހިތްވަރު ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ގިނަ އަދަދެއްގެ އަންހެނުން އުރަމަތީގެ ކެންސަރު ތަހައްމަލު ކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މި ބަލި އެކަކަށް ޖެހުނު ނަމަވެސް އޭގެ އަސަރު އެތައް ބަޔަކަށް ކުރާ ކަމަށެވެ. އެހެންވެ އުރަމައްޗަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވެ އެފަދަ ބަދަލެއް ފާހަގަކުރެވޭނަމަ ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށް ބާރު އަޅަންޖެހޭ ކަމަށައި ދުރާލައި ބަލި ދެނެގަނެވުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން އަވަހަށް ފަރުވާ ފަށައި، ބަލިން ސަލާމަތްވުމަށް އޮތް ފުރުސަތު ބޮޑުވެގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަމިއްލަ ސިއްޙަތަށް އިސްކަންދެއްވާ. ފުރަތަމަ ފިޔަވަޅު އަޅައި، ސިއްޙީ ބޭފުޅެއްގެ އެހީތެރިކަން ހޯއްދަވާ. އެ ވެދާނެ އެއީ އަމިއްލަ ނަފުސަށްޓަކައި އަދި ލޯބިވާ މީހުންނަށްޓަކައި ނިންމާ އެންމެ މުހިންމު ނިންމުމަށް.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ބައްޔަށް ފަރުވާ ހޯދުމަށް ބާރުއެޅުމަކީ ސިއްޙީ ދާއިރާގެ މަސައްކަތުގެ އެއްބައި ކަމަށާއި އެ ފަރާތްތަކުން ފަރުވާ ހޯދަން އައުމުން އެ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވެންވާނެ ކަމަށެވެ. އެގޮތުން، ކޮލިޓީ ރަނގަޅު މެމޮގްރަފީ އާއި އަލްޓްރަސައުންޑާއި ބަޔޮޕްސީ އާއި ޕެތޮލޮޖީއަކީ ބަލި ދެނެގަތުމަށް މުހިންމު ކަންކަން ކަމަށް ވިދާޅުވިއެވެ.

ދުރާލައި ބަލި ދެނެގަތުމަށް އޭއައި ޓޫލްތަކާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސައްކަތްތައް ކުރެވެމުން އަންނަކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ބަލި ދެނެގަތުމަށް ޓެކްނޮލޮޖީއާއި އައު އީޖާދުތަކަށް ކުރެވޭ ހޭދަތަށް އިތުރުކޮށް، އެތަކެތީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފޭނެގޮތަށް ސިއްޙީ ޚިދުމަތްތެރިންގެ ހުނަރުތައް ތަރައްގީކުރަން އިސްކަންދޭންޖެހޭކަމަށެވެ. އަދި ބައްޔަށް ފަރުވާ ދިނުމުގެ އިތުރުން އުރަމަތީގެ ކެންސަރާ ގުޅިގެން ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ކުރާނެ އަސަރުތައް ދެނެގަނެ އެކަންކަމަށް ބޭނުންވާ އެހީތެރިކަމާއި މައުލުމާތު ފޯރުކޯށްދޭންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ގުދުރަތީގޮތުން ރާއްޖެ ވަކިވަކި ރަށްތަކަށް ބެހިފައި އޮތް ނަމަވެސް ފުރިހަމަ ފަރުވާ ދިނުމަށް އެކަން ގޮންޖެހުމަކަށް ވެގެން ނުވާނެ ކަމަށެވެ. އެކަން ކުރެވޭނީ އެކި ކަންކޮޅުތަކުގައި ފަރުވާގެ ނިޒާމު އިތުރަށް ފުޅާކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

އުރަމަތީގެ ކެންސަރާ ގުޅިގެން އާއިލާތަކާއި މުޖުތަމަޢުގެ މުހިންމު ރޯލެއް އޮތްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް އެހީވުމަށާއި ދުރާލައި ބަލި ދެނެގަތުމަށް ބާރު އެޅުމަށް ގަވާއިދުން ޗެކަޕް ހެދުމަށް ބާރު އެޅުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ. އަދި އަމިއްލައަށްވެސް ދުރާލައި އެހީތެރިކަން ހޯދުމަށް ހުރިހާ އަންހެނުންށް އެކަމަނާ ނަސޭހަތްތެެރިވެވަޑައިގެންނެވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

473266 e050bc27 d

ނިއޯނޭޓަލް ކެއަރ ހަރުދަނާކުރުމަށް، ފަންނީ ކުރިއެރުމަށް އިންވެސްޓްކުރުން އިތުރު ކުރަންޖެހޭ: ފަސްޓް ލޭޑީ

472996 230f9afc 2

ގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރަށް، އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ގުޅިލާމެހިފައިވާ ޙަރަކާތެއް: ފަސްޓް ލޭޑީ

Big DjDlx6dtz3G7mo6BeMatG2VTL

އިސްލާމީ ޤައުމެއްގެ ގޮތުގައި، 9 ޤަރުނު ހޭދަކުރުމަކީ ބޮޑު ފަޚުރެއް: ފަސްޓު ލޭޑީ

470162 6db2f94a 3

އީޖާދެއްގެ ފެށުން އަންނަނީ ޝައުގުވެރިކަމާއި އިލްމު ގުޅުމުން: މެޑަމް ސާޖިދާ