ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޯއައިސީގެ ކޮރަޕްޝަނާ ދެކޮޅު މުއާހަދާގައި ބައިވެރިވާން ކޮމިޓީން ރުހުން ދީފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެކުލަވައިލާފައިވާ ބައިނަލްއަގުވާމީ މުއާހަދާގައި ރާއްޖޭން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ކޮމިޓީގެ އިއްތުފާގުން އެގޮތަށް ފާސް ކުރުމާ ގުޅިގެން، އެ ކޮމިޓީގެ މުގައްރިރު މަތިވެރި ދާއިރާގެ ޕީއެންސީ މަޖިލިސް މެންބަރު ހަސަން ޒަރީރު ވިދާޅުވީ، އެ މުއާހަދާގައި ރާއްޖޭން ސޮއިކުރުމުގެ ސަބަބުން ރާއްޖޭން ނުހައްގު ގޮތުގައި ނުވަތަ ގާނޫނާ ހިލާފަށް ނުހައްގުން މުއްސަނދި ވެފައިވާ ފަރާތްތަކާއި ދައުލަތުގެ އެސެޓްތައް ހައްގު ނޫން ގޮތުގައި ބޭނުން ކޮށްފައި ތިބޭ މީހުން ރާއްޖޭން ފިލައިގެން ގޮސް ގޭރު ގައުމު ތަކުގައި އުޅުނަސް އެމީހުންގެ އެސެޓްތަކާއި މުދާ ރާއްޖެއަށް ގެނައުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

“މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮފް ދަ މެމްބާ ސްޓޭޓްސް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޮން އެންޓި ކޮރަޕްޝަން ލޯ އެންފޯސްމަންޓް ކޯޕަރޭޝަން” މުއާހަދާގެ ގޮތުގައި ފާހަގަވާ މި މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރއިްޔާ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، އެ މުއާހަދާގައި ރާއްޖޭން ބައިވެރިވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް އެ މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

HajjCop_ads
Advertisement

މައްކަތުލް މުކައްރަމާ މުއާހަދާއަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް، އެ މުއާހަދާގައި ބައިވެރިވުމުގެ ސަބަބުން ދިވެހި ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭ ބާވަތުގެ އެއްބަސްްވުމެއް ކަމަށްވިޔަސް ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލް އަގްވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަން ވާނީ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަަމަށްވެސް ވިދާޅުވެފައިވެއެވެ.

މި މުއާހަދާއަކީ އިސްލާމީ ފާގަތިކަމާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެކުލަވައިލާފައިވާ ބައިނަލްއަގުވާމީ މުއާހަދާއެކެވެ.

މި މައްސަލަ ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމުން މިކަން ފާސް ކުރަން މަޖިލިސް ތަޅުމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

iruthishaam minister

ޔަހޫދީންގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް އޯއައިސީގެ ދައުރު އިތުރަށް ފުޅާކުރަންޖެހޭ: އިރުތިޝާމް