ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްއެމްއީ ޑިޖިޓަލް އިން ގެސްޓްހައުސް ފައިނޭންސިން ތައާރަފުކޮށްފި

guest house
Maldivian_Ads
TTH_Ads
STO_Ads
Advertisement

ވިޔަފާރިވެރިންނަށް ފަހިކޮށްދޭ ފައިނޭންސިން ހިދުމަތްތައް އިތުރުކުރުމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ތަރައްގީކޮށް އިތުރަށް ކުރިއެރުވުމުގެ ބޭނުމުގައި، ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް ކުޑަ ފައިދާ ރޭޓެއްގައި އެކުލަވާލާފައިވާ “ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިން” އެސްއެމްއީ ޑިޖިޓަލް އިން މިއަދު ތައާރަފްކޮށްފިއެވެ.

މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުކުރާ މިންވަރު އިތުރުކުރުމާއި އެކު އެ ޒިންމާ އަދާކުރުމަށް މަގުފަހިކޮށްދިނުމަސް ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.

ޔޫއެސް ޑޮލަރުން ފެސިލިޓީ އަށް ފައިސާ އަނބުރާ ދައްކާ ގޮތަށް ތައާރަފްކޮށްފައިވާ މި ފެސިލިޓީ އަށް ކަނޑައެޅިފައިވަނީ %7.5 ގެ ކުޑަ ފައިދާ ރޭޓެކެވެ. މިއީ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރަށް އިންވެސްޓްކޮށް ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާ ލުއިފަސޭހަ ފައިނޭންސިން ފުރުސަތެކެވެ.

HajjCop_ads
Advertisement

ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިން މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 15 އަހަރުގެ މުއްދަތެއް ލިބެއެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ އައު ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި، މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް ފުޅާކުރުމަށާއި، އިމާރާތްތައް މަރާމާތުކޮށް ޒަމާނީ ކުރުމަށާއި، ލޯކަލް ޓުއަރިޒަމަށް އެހީތެރިވެދޭ ހިދުމަތްތައް ތަރައްގީކުރުމަށާއި، ވޯކިންގ ކެޕިޓަލް ހަމަޖެއްސުމުގެ އިތުރުން ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފުކުރުމަށް މި ފައިނޭންސިން ބޭނުންކުރެވޭނެކަމަށެވެ.

ޔޫއެސްޑީ ރީޕެއަބަލް ގެސްޓްހައުސް ފައިނޭންސިންގ ތައާރަފުކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ ޔޫއެސް ޑޮލަރުން އާމްދަނީ ލިބޭ ގެސްޓްހައުސް ވިޔަފާރިތަކަށް މި ފެސިލިޓީގެ ސަބަބުން، ޔޫއެސް ޑޮލަރުން ފެސިލިޓީ އަށް ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތާއެކު، ކުޑަ ފައިދާ ރޭޓެއްގައި ފައިނޭންސިން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.

“މިއީ ގެސްޓްހައުސް ވިޔަފާރި ތަރައްގީކޮށް، ފުޅާކޮށް ނުވަތަ އިތުރަށް ފުރިހަމަކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ފަހި ފައިނޭންސިން ފުރުސަތެއް. އަޅުގަނޑުމެން ބޭނުންވަނީ ލޯކަލް ޓުއަރިޒަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހިތްވަރުދީ، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަށް،” އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.

ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ތައާރަފްކުރި މި ފުރުސަތަކީ ގެސްޓްހައުސް ތަރައްގީ ކުރުމަށް ވާދަވެރި ފައިދާ ރޭޓެއްގައި ފައިނޭންސިންގ ފޯރުކޮށްދީ، ލޯކަލް ޓުއަރިޒަމް ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް އިން ދޭ މާލީ ހިދުމަތްތައް އިތުރުކުރެވިގެންދާނެކަމެކެވެ.

ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Pictures 09 (1)

އެސްއެމްއީ ޑިޖިޓަލް އިން ކުޅުދުއްފުށީގެ ކުދި ވިޔަފާރިތަކާއި ގާތަށް

އެސްއެމްއީ ޑިޖިޓަލް “އޮޑިން ރަށަށް” އޯޕަން ވޯޓަރ ފެތަމުގެ މުބާރާތް ނިންމާލައިފި

“އޮޑިން ރަށަށް” ޓައިޓަލް ސްޕޮންސަރަކަށް އެސްއެމްއީ ޑިޖިޓަލް

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ