ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައި، ސަރުކާރުން އެކި ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފިއެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތަންފީޒީ ދުވެލި އިތުރަށް ހަލުވިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތައް ފުއްދުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުން ބޭއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މުދާ އެތެރެކުރުމުގައި ދިމާވި ދަތިތަކަށް ގެނެވުނު ހައްލުތަކުގެ މައުލޫމާތު މި ބައްދަލުވުމުގައި ހިއްސާކުރިއެވެ. އަދި މަޑުޖެހިފައިވާ މަޝްރޫއުތައް އަލުން ބާރު ދުވެއްޔެއްގައި ފެށުމަށް ރައީސް ވަނީ އިރުޝާދުދެއްވާފައެވެ.
ވަކިވަކި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް ރައީސް އެދިވަޑައިގަތެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި ހުރިހާ މުއައްސަސާތަކުންވެސް ގުޅިގެން މަސައްކަތկުރެއްވުމަށް އެމަނިކުފާނު ބާރުއަޅުއްވާފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު