ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖިނާއީ ކުށްތަކުން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

MP Ali Fazaad
TTH_Ads
STO_Ads
Maldivian_Ads
Advertisement

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ފަހު ވިއްކައި، އެ ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ބަދަލު ދެވޭ ގޮތަށް އެކުލަވާލާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

އެ ބިލު ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ ފަޒާދެވެ.

އެ ބިލުގައި، މީހެއްގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސް ވެސް އެފަދަ މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. އެ ބިލު ގާނޫނަކަށްވުމުގެ ކުރިން ވެސް ކުށް ކޮށްގެން ހޯދާފައިވާ މުދާ ވެސް ދައުލަތަށް ނެގޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

HajjCop_ads
Advertisement

ބިލުގައި މުދާ ނެގޭނެ ކުށްތަކުގެ ގޮތުގައި ހިމަނާފައިވާ ކުށްތައް:
ނިރުބަވެރިކަމުގެ ކުށް
ނިރުބަވެރިކަމަށް ފައިނޭންސް ކުރުމުގެ ކުށް
މީހަކު މެރުމުގެ ކުށް
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް
މީހުން ޓްރެފިކް ކުރުމުގެ ކުށް
އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށް
ހަތިޔާރު ޓްރެފިކް ކުރުމުގެ ކުށް
ފައިސާ އަދި އަގުހުރި އެއްޗެހި ކައުންޓާފީޓް ކުރުމުގެ ކުށް
އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންގެ ކުށް
ކޮރަޕްޝަންގެ ކުށް
އިންތިޒާމުވެގެން ކުށް ބޮޑެތި ކުށް

500،000 ރުފިޔާއިން ފެށިގެން މަތީގެ ފައިސާ ހިމެނޭ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
100،000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ ފޭރުމުގެ ކުށް
100،000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ ވައްކަމުގެ ކުށް
100،000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ ހިޔާނާތުގެ ކުށް
100،000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކް ކުރުމުގެ ކުށް
100،000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ މުދާ ސްމަގަލް ކުރުމުގެ ކުށް

މީގެ އިތުރުން ވެސް ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތަކާއި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެމީޙުން ނިސްބަތްވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާ ބެހޭ އުސޫލުތައް ވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވުމެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis idaaraa

މަޖިލީހުގެ ޖަލްސާތައް ހޯމަ ދުވަހު ފަށަނީ

majililis

އެންމެ މެންބަރަކު ފިޔަވައި ހުރިހާ މެންބަރުންގެ މާލީ ބަޔާން އާންމުކޮށްފި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި