ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްއެމްއީ ޑިޖިޓަލް “އޮޑިން ރަށަށް” އޯޕަން ވޯޓަރ ފެތަމުގެ މުބާރާތް ނިންމާލައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ސްވިމް މޯލްޑިވްސް އިން ރާވައި، އެސްއެމްއީ ޑިޖިޓަލްގެ ޓައިޓަލް ސްޕޮންސަރޝިޕްގެ ދަށުން 3 އޮކްޓޫބަރުގައި ވިލިމާލޭގައި ބޭއްވި “އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް”،ފުރަތަމަ އިވެންޓް ކާމިޔާބެވެ.

އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް ވިލިމާލޭގެ ހަރަކާތުގައި 25 ޓީމެއްގެ އިތުރުން އަމިއްލަ ގޮތުން 50 ފެތުންތެރިން ބައިވެރިވެފައިވެއެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިތާ އެންމެ 24 ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއް ފުރުމަކީ މި ހަރަކާތަށް ފެތުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމަކާއި ޝައުގުވެރިކަމެއް އޮތްކަން ހާމަވެގެންދިޔަ ކަމެކެވެ.

މިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހަރަކާތް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އޯޕަން ވޯޓަރ ފެތުމުގެ ސީރީޒްއެވެ.

HajjCop_ads
Advertisement

“އޮޑިން ރަށަށް” މި ހަރަކާތަކީ ދިވެހިންނާއި ކަނޑުފަޅާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ އައު ބާވަތެއްގެ ފެތުމުގެ މުބާރާތެކެވެ. މި ހަރަކާތުގައި ބައިވެރިން ފަތަން ފަށަނީ ރަށުގެ ފަޅުން ބޭރުގައި ނުވަތަ ދުރުގައި ބާއްވާފައި އޮންނަ އޮޑިއަކުން ފުންމާލައިގެންނެވެ. އަދި އެ ދިމާއިން ފެށިގެން ރަށުގެ ގޮނޑުދޮށާ ހަމައަށް ގާތްގަނޑަކަށް 500 މީޓަރުގެ ރާސްތާއެއް ފަތަންޖެހެއެވެ. މިއީ މާޒީގައި ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައިގެ ތެރޭގައި ހިމެނުނު ކަމެއް އަލުން އާލާކޮށްދޭ ފަދަ ތަޖުރިބާއެކެވެ.

 

ރާއްޖޭގެ ރަށްރަށުގައި ބަނދަރާއި ފާލަން ތަރައްގީ ކުރުމުގެ ކުރިން، އޮޑިދޯނިތައް އާންމުކޮށް ލަފަނީ ރަށާ ދުރުގައެވެ. އެހެންކަމުން ރަށަށް އަރަން މީހުންނަށް ފަހު ބައި ފަތައިގެން ދާން ޖެހުނެވެ. ކަނޑަކީ ރަށްރަށުގެ މުޖުތަމައުތައް ގުޅުވައިދިން މަގެވެ. އަދި ފެތުމަކީ ދިވެހިންގެ ޖީލުތަކެއްގެ ދިރިއުޅުމުގައި މުހިއްމު ބައެއް ކަމުގައި ވިއެވެ.

ސްވިމް މޯލްޑިވްސްގެ މަގުސަދަކީ “އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް” ހަރަކާތުގެ ޒަރީއާއިން، ދިވެހިންގެ މާޒީއާއި ރަށްފުށުގެ ދިރިއުޅުމުގެ މި ސަގާފަތާ މިހާރުގެ ޖީލު އަލުން ގުޅުވައިދިނުމެވެ. އޮޑިދޯނިފަހަރުން ކަނޑަށް ފުންމާލައިގެން ރަށާ ދިމާއަށް ފަތާފައި ދިއުމުގެ ތެރެއިން، ކުރީގެ މީހުން ކަނޑުފަޅާ އެކު އުޅުނު ގޮތާއި ކަނޑު ހުރަސްކޮށް ދަތުރުފަތުރުކުރި ގޮތުގެ އިހުސާސްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު މި ހަރަކާތުގެ ބައިވެރިންނަށް ފަހިވެގެންދެއެވެ.

ވިލިމާލޭގައި ކުރިއަށްދިޔަ ހަރަކާތަކީ މި ދަތުރުގެ ފެށުމެވެ. ރާއްޖޭގެ އުތުރުން ދެކުނަށް އެކި ރަށްރަށުގައި މި ތަޖުރިބާ ހިއްސާކުރުމަކީ “އޮޑިން ރަށަށް” ހަރަކާތުގެ މައިގަނޑު އަމާޒެވެ. މި ދަތުރުގެ ތެރެއިން މުޖުތަމައުތައް އެއްބައިވަންތަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފެތުންތެރިންނަށް މަރުހަބާ ކިޔައި، މި ހަރަކާތުގައި ބައިވެރިކުރެވިގެންދާނެއެވެ.

އެސްއެމްއީ ޑިޖިޓަލް “އޮޑިން ރަށަށް” އޯޕަން ވޯޓަރ ފެތަމުގެ މުބާރާތް

އެސްއެމްއީ ޑިޖިޓަލް އިން “އޮޑިން ރަށަށް” ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ، މުޅި ރާއްޖޭގެ އެކި މުޖުތަމައުތަކާ ދެމެދު ބަދަހި ގުޅުމެއް އުފެއްދުމަށް އެ ކުންފުނިން ދޭ އިސްކަން ހާމަކޮށްދިނުމެވެ.

މި ސިރީޒްގެ ހަރަކާތްތައް އެކި ރަށްރަށަށް ފުޅާވެގެންދާއިރު، އެ ރަށްރަށުގެ މުޖުތަމައުތަކަށް އައު ފުރުސަތުތަކެއް ފަހިވެގެންދިއުމުގެ ފުރުސަތު ބޮޑެވެ. މިގޮތުން ބައިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތައް އެއްވެގެން ދިއުމަކީ ރަށުގެ ވިޔަފާރިތަކަށް އެހީތެރިކަން ލިބި، ކޮންމެ ހަރަކާތަކާ ގުޅިގެން ރަށުގެ އިގްތިސާދީ ދިރުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.

އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައި 27ނޮވެމްބަރުގައިއެވެ. މި މުބާރާތައް ބޮޑު ތަރުހީބެއް ލިބި މިހާތަނަށް 50 ފެތުންތެރިން ވަނީ އަމިއްލަ ގޮތުން ބައިވެރިވެފައިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“އޮޑިން ރަށަށް” ޓައިޓަލް ސްޕޮންސަރަކަށް އެސްއެމްއީ ޑިޖިޓަލް

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

ChatGPT Image Aug 30, 2026, 03 07 52 PM

އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި

SME digital

އެސްއެމްއީ ޑިޖިޓަލް ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސް ކުރަނީ