ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަކީލަކު ހަމަޖައްސަން ތިނަދޫ މޭޔަރު ސައުދަށް 10 ދުވަސް ކޯޓުން ދީފި

72999222536383
ތިނަދޫގެ މޭޔަރު ސައުދު އަލީ
TTH_Ads
STO_Ads
Maldivian_Ads
Advertisement

ގދ. ތިނަދޫ ސިޓީގެ ދަރަޖައަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދިފާއުވުމަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސައުދުގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި، ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާއެވެ. މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވިފައިވާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމުގެ ގޮތުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ސައުދު ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓެއް ހުށަހަޅުއްވާފައެވެ. އެލްޖީއޭއިން ސައްހަ ލިސްޓެއް ހުށަހެޅުމަށް އެދުމުން، 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ފޮނުވި ލިސްޓުގައިވެސް އެހެން ރަށްރަށުގައި ރެޖިސްޓްރީވެފައިވާ މީހުންނާއި އެއް ނަންތަކެއް ތަކުރާރުކޮށް، އާބާދީއަކީ 10،000އަށްވުރެ ގިނަ މީހުން ކަމަށް ބަޔާންކޮށް އޮޅުވާލާފައިވާ ކަމަށް ޕީޖީން ތުހުމަތުކުރެއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގައި އެ ލިސްޓު ހިއްސާކޮށްދިނުމަށް އެދުމުން، އެ މައުލޫމާތު ރިކޯޑުކުރެވިފައި ނެތް ކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު މައުލޫމާތު ދެއްވައި ތަހުގީގަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ދައުވާގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި ކޯޓުން ވަނީ ދިފާއީ ވަކީލެއްގެ ފުރުސަތު ދީ، ދެން އޮންނަ އަޑުއެހުމެއްގައި ޝަރީޢަތް ކުރިއަށް ގެންދިއުމަށް ތައްޔާރުވުމަށް އަންގާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Nimaal

ތިނަދޫ މޭޔަރުގެ ޝަރީއަތް މާދަމާ ފަށަނީ

Qw

އާރަށު މައްސަލައިގައި ވަކީލަކު އައްޔަންކުރަން ޔޫސުފް ނައީމަށް 10 ދުވަސް ދީފި

Big yaxb9elpng9gjuvjv0mpefhnr

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި

criminal court

ކްރިމިނަލް ކޯޓުގެ އާ އިމާރާތާއެކު ތާވަލުކުރެވޭ މައްސަލަތައް ދެ ގުނަ އިތުރުވެއްޖެ