ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޯލާ ޕީވީ ހަރުކާނެ ތަންތަން ދެނެގަތުމަށް ސާރވޭކުރަނީ

Big kO03e55d4HJ754RkGb6nSwVAE
Maldivian_Ads
TTH_Ads
STO_Ads
Advertisement

ސޯލާ ޕީވީ ހަރުކުރާނެ އެކަށީގެންވާ ތަންތަން ދެނެގަތުމަށް ޚާއްޞަ ސަރވޭއެއް ފަށައިފިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް އަމާޒު ކަނޑައަޅާފައެވެ. މި އަމާޒަށް ވާސިލުވުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިހާރު ވަނީ ސޯލާ ޕީވީ ނިޒާމުތައް ގާއިމުކުރެވިދާނެ ތަންތަން ދެނެގަތުމަށް ބޭނުންވާ ފުރަތަމަ މަރުހަލާގެ ސައިޓް ސާވޭތައް ކުރިއަށް ގެންގޮސްފައެވެ. މި ޓީމުން ދަނީ އަތޮޅުތަކުގެ ރަށްރަށަށް ޒިޔާރަތްކޮށް ސަރވޭގެ މަރުހަލާތައް ފުރިހަމަކުރަމުންނެވެ.

މި ސާވޭގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސޯލާ ޕީވީ ހަރުކުރުމަށް އެންމެ އެކަށޭނަ ބިންތަކާއި، އިމާރާތްތަކުގެ ފުރާޅުތައް ފަދަ ތަންތަން ދެނެގަނެ، އެ ތަންތަނުގައި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު އެއްކުރުމެވެ. މިކަމުގެ ސަބަބުން އިއާދަކުރަނިވި ހަކަތަ ފުޅާދާއިރާއެއްގައި ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބޭނެއެވެ.

HajjCop_ads
Advertisement

ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި ތިމާވެއްޓަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމެކެވެ. ސަރުކާރުން ދަނީ މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ.

މިދިޔަ އޮގަސްޓް މަހު ވަނީ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙުކޮށްފައެވެ. މި މަޝްރޫޢު ނިމި ބޭނުންކުރަން ފެށުމުން އަހަރަކު 3 މިލިޔަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑުގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެއެވެ.

މީގެއިތުރުން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންދާ 100 މެގަވޮޓްގެ ފްލޯޓިން ސޯލާ މަޝްރޫޢުގެ މަސައްކަތްވެސް މިދިޔަ ޑިސެންބަރު މަހު ވަނީ ފަށާފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް 2027 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ، 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. މީގެ ސަބަބުން ކޮންމެ އަހަރަކު ތެލަށް ކުރާ ޚަރަދުން 42 މިލިޔަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.

 

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big yVkgiXHEcbxea2EpwJvsgG7gk

އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އަންނަ އަހަރަށް ނިންމާލެވޭނެ: ޢަލީ ޝަރީފް

Fuvahulah atoll maldives banner

ފުވައްމުލަކު ސިޓީއާއި 10 އަތޮޅުގެ 22 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓަނީ