ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނައިފަރުގައި ކުރިޔަށް ގެންދިޔަ ނައިބޮލި އެކްސްޕޯގައި ފިޝަރީޒް މިނިސްޓްރީން ބައިވެރިވެއްޖެ

Maldivian_Ads
STO_Ads
TTH_Ads
Advertisement

ނައިފަރުގައި ކުރިޔަށް ގެންދިޔަ ނައިބޮލި ބިޒްނަސް އެކްސްޕޯ 2026 ގައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ބައިވެރިވެއްޖެއެވެ،

ފާދިއްޕޮޅު ނައިފަރު ކައުންސިލުން އިންތިޒާމުކޮށްގެން، އޮކްޓޯބަރު 2 އިން 3 އަށް ޅ. ނައިފަރުގައި ކުރިއަށްގެންދިޔަ މި އެކްސްޕޯއަކީ އެރަށުގެ ވިޔަފާރިވެރިންނާއި، ކުދި ވިޔަފާރިތަކާއި، އުފެއްދުންތެރި ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ޕްރޮމޯޓްކޮށް، މާކެޓްކޮށް، ވިއްކުމުގެ އިތުރުން ވިޔަފާރި ފުޅާކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރިއަށްގެންދިޔަ މުހިންމު ޕްލެޓްފޯމެކެވެ. “އެކްސްޕްލޯރ. ކަނެކްޓް. ގްރޯ” މި ޝިއާރުގެ ދަށުން ކުރިއަށްދިޔަ މި އެކްސްޕޯގައި މިނިސްޓްރީން ބައިވެރިވީ އާންމުންނާ ގުޅުންބަދަހިކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުންދާ މުހިންމު މަސައްކަތްތައް ދައްކާލުމަށެވެ.

މިނިސްޓްރީގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް މަޢުލޫމާތު ދެވިފައިވާ މައިގަނޑު ކަންކަން:
• ދަނޑުވެރި ނަފާ ލޯނު
• އާރް.އެސް.ޑަބްލިއު (RSW) ޕްރޮޖެކްޓް:
• ގަހާއި ޖަނަވާރު އެތެރެކުރުމުގެ އުސޫލުތަކާއި ހުއްދަތައް
• ފިޝަރީޒް މާކެޓިންގ ކޯޕަރޭޝަންގެ މަސައްކަތްތައް

HajjCop_ads
Advertisement

މި މުހިންމު ސިނާއަތްތަކުގައި ކުރިއަށްދިއުމަށް ނުވަތަ ވިޔަފާރި ފުޅާކުރުމަށް މިނިސްޓްރީގެ ޚިދުމަތްތަކުން އެހީތެރިވެދެވޭނެ ގޮތްތައް އޮޅުންފިލުވުމަށް މިނިސްޓްރީގެ ސްޓޯލަށް ޒިޔާރަތްކުރި އެންމެހާ ފަރާތްތަކާއި ވިޔަފާރިވެރިންނާ ބައްދަލުވެ މަޢުލޫމާތު ހިއްސާކުރުމަކީ މިނިސްޓްރީއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ޕްރޮޖެކްޓް ބައޯކަލޯ” އިފްތިތާހުކޮށްފި

Qw

ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ

Qw

ނައިފރުން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

Qw

ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފި