ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޓަރޕޯލްގެ”އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

އިންޓަރޕޯލްގެ ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ ޑިރެކްޓަރޭޓްގެ ފްލެގްޝިޕް ޕްރޮގްރާމެއް ކަމަށްވާ “އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓް ކޯސް” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ.  މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހެޑް، އެސިސްޓްންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންއާއި ކޮލެޖުގެ އިސްވެރިންނާއި އިންޓަޕޯލްގެ ފަރާތުން ހާއްސަ މަންދޫބުން ބައިވެރިވެލެއްވިއެވެ.

އިންޓަރޕޯލްގެ އެކި ޒޯންތައް ތަމްސީލުވާ ގޮތަށް 13 ގައުމަކުން ޖުމުލަ 23 އޮފިސަރުންނާއެކު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރު 27އިން އޮކްޓޫބަރު 1އަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ. މި ޕްރޮގްރާމުގެ ތެރެއިން، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިން މޮޑެލްތައް ބޭނުންކޮށްގެން އަމިއްލަ ލެސަން ޕްލޭންތައް ތައްޔާރުކުރުމާއި، ޕަބްލިކް ސްޕީކިންގ އަދި ޕްރެޒެންޓޭޝަން ހުނަރުތައް ތަރައްގީކުރުމާއި، ބައިވެރިން ޝައުގުވެރިކުރުވުމުގެ އުކުޅުތަކުގެ އިތުރުން ފެންވަރު ވަޒަންކުރުމުގެ ހުނަރުތައް އުނގަންނައިދީފައިވެއެވެ.

HajjCop_ads
Advertisement

މި ތަމްރީނަކީ އިންޓަރޕޯލްގެ މެންބަރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އޮފިސަރުން އެއްތަންވެ، ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ފަހިވެގެންދިޔަ މުހިންމު ފުރުސަތެކެވެ.

މިއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންނަށް އުނގަންނައިދިނުމުގެ އަސާސީ އަދި ފަންނީ މެތޮޑޮލޮޖީތައް އުނގަންނައިދިނުމަށް ފަރުމާކޮށްފައިވާ ހާއްސަ ތަމްރީނެކެވެ. މި ކޯހުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑެތި މީހުންނަށް ކިޔަވައިދިނުމުގެ އުސޫލުތަކާއި، އިންސްޓްރަކްޝަނަލް ސިސްޓަމް ޑިޒައިނިންގ އަދި ޒަމާނީ ފުލުހުންގެ ތަމްރީނުތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ހަރުދަނާ އުކުޅުތަކަށް ބައިވެރިން އަހުލުވެރިކުރުވުމެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 0RhA4o2amoyZSAf3DtVFfWcHY

މާލޭގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފި، އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ!

police

ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ބިދޭސީ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

Hulhumale

ވީޑިއޯއިން ފެންނަނީ ހުޅުމާލޭގައި ކުޅޭކުޅޭ ބަޑިތަކެއް ގެންގުޅޭ މަންޒަރު: ފުލުހުން

police

ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ބަދަލުކޮށް، ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި