ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“އޮޑިން ރަށަށް” ޓައިޓަލް ސްޕޮންސަރަކަށް އެސްއެމްއީ ޑިޖިޓަލް

Maldivian_Ads
STO_Ads
TTH_Ads
Advertisement

ސްވިމް މޯލްޑިވްސް ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ “އޮޑިން ރަށަށް” ފެތުމުގެ މުބާރާތުގެ މިއަހަރު ޓައިޓަލް ސްޕޮންސަރަކީ އެސްއެމްއީ ޑިޖިޓަލް އެވެ.
“އޮޑިން ރަށަށް” އަކީ ސްވިމް މޯލްޑިވްސް އަކީ ސްވިމް މޯލްޑިވްސް އިން މުޅިން އަލަށް ތަފާތު ގޮތަކަށް ބާއްވާ ފެތުމުގެ މުބާރާތެކެވެ. މި މުބާރާތް ހަމަޖެހިފައިވަނީ، އިވެންޓް އޮންނަ ރަށެއްގެ 500 މީޓަރު ބޭރުން، ރަށަށް ފަތާފައި އަންނަންޖެހޭ ގޮތަށެވެ. މިއީ މިފަދަ ގޮތަކަށް އިންތިޒާމްކޮށްގެން ރާއްޖޭގައި ފެތުމުގެ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

“އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް” ފުރަތަމަ އިވެންޓް އޮކްޓޫބަރު 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހެފައިވަނީ ވިލިމާލޭގައި އެވެ. މި މުބާރާތުގައި 100 ފެތުންތެރިން ވާދަވެރިކުރުމަށް ހަމަޖެހިފައިވެއެވެ.

ސްވިމް މޯލްޑިވްސް އިން ބާއްވާ އޮޑިން ރަށަށް ފެތުމުގެ މުބާރާތްތަކަކީ ފެތުމުގެ އިވެންޓްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޒާމްކޮށް ފެތުންތެރިންނަށް މުޅި އަހަރުތެރޭ ވާދަވެރިކަމާއެކު ބައިވެރިވެވޭ މުބާރާތްތަކެއް ފުރުސަތު ހޯދާދިނުމެވެ. އަދި މިއަހަރުގެ ކިކް އޯފްއަށް ފަހު، އަންނަ އަހަރު ރާއްޖޭގެ 5 ރަށެއްގައި މި މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، މިއަހަރު ނިމުމުގެ ކުރިން “އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް” ދެވަނަ އިވެންޓެއް ސްވިމް މޯލްޑިވްސް އިން އިންތިޒާމްކުރުމަށް ވަނީ ހަމަޖެހިފައިއެވެ.

އެސްއެމްއީ ޑިޖިޓަލް އިން މިފަދަ މުބާރާތެއްގެ ސްޕޮންސަރަރ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އަތޮޅު ތެރޭގައި ބާއްވާ މިފަދަ އިވެންޓްތަކުގެ ތެރެއިން ރަށް ރަށުގެ ކޮމިއުނިޓީއާ ގުޅުން ބަދަހިކޮށް، އަތޮޅުތެރޭގައި އެސްއެމްއީ ޑިޖިޓަލްގެ ދައުރު ފުޅާކުރުމަށް ކުރެވޭ މަސައްކަތަކަށްވުމުންނެވެ.

އަދި މިފަދަ އިވެންޓްތައް ބާއްވާ ރަށްރަށުގެ ކުދި ވިޔަފާރިތައް ކުރިއަރައިގެން ދިޔުމާއި އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ ފައިނޭންސިންގ ފެސިލިޓީގެ މައުލޫމާތު ހިއްސާ ކުރުމަށް މި އިވެންޓްތައް ބޭނުންކުރެވުމެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Pictures 09 (1)

އެސްއެމްއީ ޑިޖިޓަލް އިން ކުޅުދުއްފުށީގެ ކުދި ވިޔަފާރިތަކާއި ގާތަށް

guest house

އެސްއެމްއީ ޑިޖިޓަލް އިން ގެސްޓްހައުސް ފައިނޭންސިން ތައާރަފުކޮށްފި

އެސްއެމްއީ ޑިޖިޓަލް “އޮޑިން ރަށަށް” އޯޕަން ވޯޓަރ ފެތަމުގެ މުބާރާތް ނިންމާލައިފި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ