ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ މައި ހޮސްޕިޓާތަކުގައި ނިއުރޯ ނެވިގޭޝަން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށް

Qw
Maldivian_Ads
STO_Ads
TTH_Ads
Advertisement

ސަރުކާރުގެ މައި ހޮސްޕިޓާތަކުގައި ނިއުރޯ ނެވިގޭޝަން ސިސްޓަމް ގާއިމުކޮށް ހިދުމަތް ދޭން ފެށުމުން މި ސަރަހައްދުން ސިކުނޑީގެ ބަލިތަކަށް ދޭ އެންމެ ރަނގަޅު ފަރުވާ ރާއްޖެއިން ލިބިގެންދާނެކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ނިއުރޯ ނެވިގޭޝަން ސިސްޓަމް ތައާރަފުކުރުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށެވެ. މި ހިދުމަތް ދިނުމަށް ބޭނުންވާ މެޝިނު މިހާރު ރާއްޖެއަށް ގެނެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ސިސްޓަމް ގާއިމުކުރެވުމުން ސިކުނޑީގެ ބަލިތަކަށް ފަރުވާކުރުމަށް ކުރަންޖެހޭ އޮޕަރޭޝަންތައް ކުރުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ނިއުރޯ ނެވިގޭޝަން ސިސްޓަމުގެ ސަބަބުން ސީދާ މައްސަލަ ދިމާވެފައި ހުރި ތަން ދެނަގަނެ، އެހެން އެއްވެސް ތަނަކަށް ގެއްލުމެއް ނުވާ ގޮތަށް އޮޕަރޭޝަންތައް ކުރުމާއި ފަރުވާދިނުމުގެ ގާބިލުކަން ޑޮކްޓަރުންނަށް ލިބިގެންދާނެއެވެ.

HajjCop_ads
Advertisement

ނޭޝަނަލް ސެންޓަރ ފޯ ނިއުރޯ ސައިންސަސްގެ ޕްލޭނާ އެއްގޮތަށް މި ސިސްޓަމް ގާއިމުކުރެވި ހިދުމަތް ދެވޭނެކަމަށް ވިދާޅުވަމުން ސީއީއޯ ވިދާޅުވީ މިއާއެކު ސަރަހައްދީ ފެންވަރުގައި ނާރުގެ ބަލިތަކަށް ދެވޭ އެންމެ އުސް ފަރުވާ ރާއްޖެއިން ފޯރުކޮށްދެވޭނެ ކަމަށެވެ.

ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އައިޖީއެމްއެޗްގައި މިހާރު ހުރި ކެތު ލެބު އަޕްގްރޭޑުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައި އައު ކެތު ލެބެއް ގާއިމުކުރުމަށް ނިންމާފައިވާއިރު، މި ދެ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ކުރިއަށްދާނެއެވެ.

އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތް ތައާރަފުކުރުމަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނުވެގެން ހޮސްޕިޓަލުތަކާ ގުޅިވަޑައިގެންފައިވާކަންވެސް ސީއީއޯ ހާމަކުރެއްވިއެވެ. ހަމައެއާއެކު ހުޅުމާލޭ ހޮސްޕިޓަލުގައި އިތުރު އެމްއާރްއައި މެޝިނެއް ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދެއެވެ.

ފާއިތުވި ދެ އަހަރާއި ދިހަ މަހުގެ ތެރޭގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓާތަކުގައި ވަރަށް ގިނަ އަލަށް ތައާރަފުކުރެވުނު ހިދުމަތްތަކެއް ވަނީ ފެށިފައެވެ. އަދި ފާއިތުވި 30 އަހަރު ތެރޭ އިތުރުނުކުރެވޭ މިންވަރަށް ހޮސްޕިޓަލްތަކުގެ އެނދުގެ އަދަދު އިތުރުކުރެވިފައިވާކަންވެސް ސީއީއޯ ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕަށް ހުޅުވާލައިފި

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

90

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދާނެ ފެސިލިޓީއެއް ޤާއިމްކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި