ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީއޭ މޯލްޑިވްސްއިން ބައިނަލްއަގުވާމީ ގުޅުންތައް ފުޅާކޮށްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އަށް ކޮންފެޑެރޭޝަން އޮފް އޭޝިއަން އެންޑް ޕެސިފިކް އެކައުންޓަންޓްސް (ސީއޭޕީއޭ) ގެ މެންބަރުކަން ލިބިއްޖެއެވެ. މިއީ ރާއްޖޭގެ އެކައުންޓަންސީ ދާއިރާ ރެގިއުލޭޓްކުރާ އިދާރާގެ ހައިސިއްޔަތުން ސީއޭ މޯލްޑިވްސްއަށް ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ ކުރިއެރުންތަކަށް އިތުރުވީ ބޮޅެކެވެ.

ސީއޭޕީއޭ އަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ސަރަހައްދީ ޖަމާއަތުގެ ގޮތުގައި ދުނިޔޭގެ އެކައުންޓިންގގެ މައި އިދާރާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ކަނޑައަޅާފައިވާ ޖަމާއަތެވެ. އެ ޖަމާޢަތުގެ މެންބަރުންގެތެރޭގައި އޮސްޓްރޭލިއާ، ނިއުޒިލެންޑް، ޗައިނާ، އިންޑިއާ، ޖަޕާން، ދެކުނު ކޮރެއާ އަދި ކެނަޑާ ފަދަ ގައުމުތަކުގެ އެކައުންޓަންސީ އިދާރާތައް ހިމެނެއެވެ.

ދުނިޔޭގެ 143 އަށްވުރެ ގިނަ ގައުމުގެ 188 ޕްރޮފެޝަނަލް އެކައުންޓަންސީ އިދާރާތަކުގެ މައްޗަށް އެކުލެވޭ ދުނިޔޭގެ އެކައުންޓަންސީގެ މައި އިދާރާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް) ގެ މެންބަރެއްގެ ހައިސިއްޔަތުން އެ އިދާރާގައި ރާއްޖެ ތަމްސީލު ކުރަނީ ސީއޭ މޯލްޑިވްސްއިންނެވެ. ސީއޭ މޯލްޑިވްސްއަކީ އޭޝިއަން-އޯޝެނިއަން ސްޓޭންޑަރޑް ސެޓަރސް ގުރޫޕު (އޭއޯއެސްއެސްޖީ) އާއި ސައުތު އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (ސަފާ) ގެވެސް މެންބަރެކެވެ. އަދި ވަކިވަކި ގައުމުތަކުގެ އެކައުންޓަންސީ ބޮޑީތަކާއިއެކު ހެދިފައިވާ އެމްއޯޔޫތަކުގެތެރެއިން އިތުރު ޕާޓްނަޝިޕްތައްވެސް ސީއޭ މޯލްޑިވްސްއިން ހަދާފައިވެއެވެ.

HajjCop_ads
Advertisement

ސީއޭ މޯލްޑިވްސްގެ މިފަދަ ބައިނަލްއަގްވާމީ ޕާޓްނަޝިޕްތަކުގެ ސަބަބުން ސީއޭ މޯލްޑިވްސްގެ ބައިނަލްއަގްވާމީ ސްޓޭންޑިންގ ވަރުގަދަވެ، ރާއްޖޭގެ އެކައުންޓަންސީ އަދި އޮޑިޓިންގ ދާއިރާ މިހާރަށްވުރެ ތަރައްގީކުރަން ފުރުސަތުތައް ފަހިވެގެން ދާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެކައުންޓެންޓްސް ފޯރަމް ފަށައިފި