ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މަޝްހޫރު މަޖައްލާ ފޯބްސްގެ ޖޯޖިއާ އެޑިޝަނުން ޝާއިޢުކުރި ލިޔުން އެ ނޫހުގެ ވެބްސައިޓުން ނަގައިފިއެވެ.

ދަ ރައިޒް، ފޯލް، އެންޑް ރީއިންވެންޝަންގެ ނަމުން ގެނެސްދިން މި ލިޔުން ޝާއިޢުކޮށްފައިވަނީ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ. މި ލިޔުމާ ގުޅިގެން އަދީބު ވަނީ މީސްމީޑިއާގައި ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ފޯބްސް ޖޯޖިއާއިން ވަނީ އެ ލިޔުން ވަގުތީގޮތުން ނަގާފައެވެ.

އެ ނޫހުން ނެރުނު ނޯޓިހެއްގައި ބުނެފައިވަނީ، ލިޔުން ޝާއިޢުކުރުމުގައި އަމަލުކޮށްފައިވާ އުސޫލުތަކާއި، މައުލޫމާތު ހޯދުމުގެ މިންގަނޑުތަކާ މެދު ސުވާލު އުފެދިފައިވާތީ، އެ މައްސަލަ މުރާޖަޢާކުރަމުންދާ ކަމަށެވެ. އަދި މި މުރާޖަޢާ ނިމެންދެން ލިޔުން އާންމުކޮށް ފެންނަން ނުހުންނާނެ ކަމަށް އެ ފަރާތުން ހާމަކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައާ ގުޅިގެން އިތުރު ތަފުސީލެއް އެ ނޫހުން ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ބައިނަލްއަޤްވާމީ މީޑިއާތަކުގައި ޝާއިޢުކުރާ ލިޔުންތަކުގެ ސައްހަކަމާއި އޭގެ އުސޫލުތަކާ މެދު ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައި ހިނގާފައިވާ ކަމެކެވެ.