މާލޭގެ ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަގާތަކު ތެރޭގައި ތާށިވި 50 އަހަރުގެ ދިވެހި ފިރިހެނަކު ސަލާމަތްކޮށް، ސިއްހީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މާލެ ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަގާތަކު ތެރޭގައި މީހަކު ތާށިވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:16 އެހާކަންހާއިރުއެވެ. މައުލޫމާތު ލިބުމާއެކު ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.
މި ހާދިސާގައި ގާތަކު ތެރޭގައި ތާށިވި މީހާ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެމްއެންޑީއެފް އިން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.











ކިޔުންތެރިންގެ ހިޔާލު