ސްޕެނިޝް ލަލީގާގައި ރޭ ރޭސިން ޑި ސަންޓަންޑޭ 7-2 އިން ބަލިކޮށް ބާސެލޯނާއިން ދަމަހައްޓަމުން އައި ތާވަލުގެ އެއްވަނަ އަނެއްކާވެސް ދަމަހައްޓައިފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މިހާތަނަށްވަނީ ލީގުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ. އެއީ މިހާތަނަށް ކުޅުނު ހަ މެޗުން ސައްތައިންސައްތަ ރެކޯޑާއެކު އޮތް ހަމައެކަނި ޓީމަކީވެސް ބާސެލޯނާއެވެ. އެޓީމަށް މިހާތަނަށް ވަނީ 6 މެޗުން 18 ޕޮއިންޓު ލިބިފައެވެ. ދެވަނާގައި އޮތީ ކުޅުނު 6 މެޗުން 15 ޕޮއިންޓާއެކު ރެއާލް މެޑުރިޑެވެ. އެޓީމު ވަނީ ލީގުގައި ރެއާލް ބެޓިސް އަތުން ބަލިވެފައެވެ.
ރޭ ބަށެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ބާސެލޯނާއިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި އޭރިއާބޭރުން ޖޮއާއޯ ކަންސެލޯ ފޮނުވާލި ޝޮޓަކުން ގޯލެއް ޖެހިއިރު، މެޗުގެ ދެވަނަ ގޯލު ފެނުނީ 25 ވަނަ މިނެޓުގައެވެ. އެއީ ކެޕްޓަން ރަފީނިއާ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އަދި ރޭސިންގެ މަގެޓަ ގޭއި ވަނީ އޭގެ ފަސް މިނެޓު ފަހުން ބާސެލޯނާ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ލަނޑު ޖަހާފައެވެ. އޭޣެ ފަސް މިނެޓު ފަހުން އަނެއްވާެސް ބާސެލޯނާއިން ލަނޑެއްޖަގައި ލީޑު ފުޅާކުރިއެވެ. އެއީ މެޗުގެ 35 ވަނަ މިނިޓްގައި ކަންސެލޯ ޖެހި ގޯލެކެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ބާސެލޯނާގެ ލަމީން ޔަމާލެ ޖެހިއިރު ކޯޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގެ 41 ވަނަ މިނިޓްގައި ރޭސިންގެ އޭރިއާތެރެއިން، ރަފީނިއާ ވަނީ ލިބުނު ފުރުސަތެއްގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައި، ބާސެލޯނާ އަށް ތިން ގޯލުގެ ލީޑެއް ނަގައިދިނެވެ. ރޭސިން އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 65 ވަނަ މިނިޓްގައި ވޮޒްޝިއޭ ޝެޒްނީއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޔާސިރު ޒަބީރީއެވެ.
ބާސެލޯނާގެ ފަސްވަނަ ލަނޑަކީވެސް ލިބުނު ޕެނަލްޓީއަކުން ރަފީނިއާ ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއަކަށްއެރި ގަބްރިއެލް ޖީސޫސް ވަނީ ބާސެލޯނާއަށް ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ބާސެލޯނާގެ ހަތްވަނަ ލަނޑަކީ މި މެޗުގައި މޮޅު ކުޅުމެއްދެއްކި ކަރީމް އަޑެޔޭމީ ދިން ބޯޅައަކުން ލަމީން ޔަމާލް ޔެހި ގޯލެކެވެ.










ކިޔުންތެރިންގެ ހިޔާލު