ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލިވަޕޫލް އަތުން ބަލިވެ ޓޮޓްނަމް ލީގު ކަޕުން ކަޓައިފި

2026 09 15 Liverpool v Tottenham 066 820x547
STO_Ads
TTH_Ads
Maldivian_Ads
Advertisement

އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ  ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ޓޮޓްނަމް މުބާރާތުން ކަޓައިފިއެވެ.

އެންފީލްޑްގައި ކުޅުނު މި މެޗަށް ދެ ޓީމުގެ ކޯޗުންވެސް ނެރެފައިވަނީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗާއި އަޅާބަލާއިރު ތަފާތު ޓީމެކެވެ. އެގޮތުން ލިވަޕޫލްގެ އިރައޯލާ އެ ޓީމަށް 10 ބަދަލެއް ގެނެސްފައިވާއިރު ޓޮޓްނަމްގެ ކޯޗު ރޮބާޓޯ ޑި ޒަރްބީ ވަނީ އޭނާގެ ޓީމަށް 8 ބަދަލެއް ގެނެސްފައެވެ. ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގައި ޓޮޓްނަމް އިން ވަނީ މި މެޗުގައި ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ލިވަޕޫލް އިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލިވަޕޫލް އިން ލީޑު ނަގާފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި އެލެކްސިސް މެކަލިސްޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮތްއިރު, ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި މެކަލިސްޓާގެ އެސިސްޓަކުން ކޯޑީ ގެކްޕޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ނަމަވެސް މެޗުގެ 69 ވަނަ މިނިޓުގައި ޓޮޓްނަމް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ވަނީ ނިމުމެއް އައިސްފައެވެ. އެގޮތުން ކޮނޯ ގަލެގާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. މިއީ މި ސީޒަނުގައި ޕްރިމިއާ ލީގުގެ ކްލަބަކާއި ދެކޮޅަށް ޓޮޓްނަމް އަށް ލަނޑެއް ޖެހުނު ފުރަތަމަ ފަހަރެވެ.

HajjCop_ads
Advertisement

ލިވަޕޫލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ޑޮމިނިކް ސޮބޮޒްލާއީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ނަތީޖާ އާއިއެކު ލިވަޕޫލްއަށް ލީގު ކަޕްގެ ހަތަރުވަނަ ބުރުން ފުރުސަތު ލިބިފައިވާއިރު ޓޮޓްނަމް ވަނީ މި ސީޒަނުގައި ކުޅުނު 6 މެޗުގެ ތެރެއިން 3 މެޗުން ބަލިވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Reuters 6a92b7e1

ބާކޯލާ 123 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވަނީ