ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލެވެންޓޭ ބަލިކޮށް ލީގުގެ އެއްވަނާގައި ބާސެލޯނާއިން ލީޑު ދަމަހައްޓައިފި

9998e52d13a24cbb65a6cab0beda3959
STO_Ads
Maldivian_Ads
TTH_Ads
Advertisement

ސްޕެނިޝް ލަލީގާގެ އެއްވަނާގައި ދަމަހައްޓަމުން އައި ލީޑު ރޭގެ މެޗުންވެސް މޮޅުވެ ބާސެލޯނާއިން ދަމަހައްޓައިފިއެވެ.

ރަށުން ބޭރުގައި ލެވެންޓޭ ބަލިކުރީ 4-2ގެ ނަތީޖާއަކުންނެވެ. މިއައެކު ލީގުގައި ފުރަތަމަ ފަސް މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ބާސެލޯނާއެވެ. އެޓިމުން ވަނީ ކުޅުނު 5 މެޗުން 15 ޕޮއިންޓު ހޯދާފައެވެ. ދެވަނާގައި އޮތް ރިއާލް މެޑްރިޑަށް ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

ރޭ ލަވެންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާއިން ލީޑުނެގީ މެޗުގެ ފަސްވަނަ މިނެޓުގައި ރަފީނިއާ ދިން ބޯޅައަކުން ޒަވީ އެސްޕާޓް ޖެހި ގޯލުންނެވެ. މެޗުގެ 19 ވަނަ މިނިޓްގައި ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ބާސެލޯނާގެ ފުރަތަމަ ދެ ލަނޑުވެސް ޖަހާފައިވަނީ ރަފީނިއާގެ ދެ އެސިސްޓުންނެވެ.  ދެވަނަ ހާފަށް ނިކުތްއިރު 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮތްނަމަވެސް ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީ އަކުން ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

HajjCop_ads
Advertisement

ލެވަންޓޭ އިން މި މެޗުގައި ޖެހި ބާސެލޯނާގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 79 ވަނަ މިނިޓުގައި އިވާން ރޮމޭރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ލެވަންޓޭގެ ރޮޖަރ ބްރޫޖް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.

ބާސެލޯނާއިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގައި ކަރީމް އަޑެޔޭމީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. ހާފުގެ މެދެއްހާ ހިސާބުން އަރިމަަތިން ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ލެވަންޓޭ ކުޅުންތެރިން ކައިރިން ނައްޓާފައި، އަޑެޔޭމީ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައި ލަނޑު ޖަހާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MGA6940

މެޗަށް ދޭ ސަމާލުކަން ކުޑަނުކުރުމަށް މިދަނީ ކުޅުންތެރިންނަށް ނަސޭހަތްތެރިވަމުން: ފްލިކް

Images (15)

މި ސީޒަންގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން: ބާސެލޯނާގެ ރައީސް

Images (3)

ރަފީނިއާގެ 2 ލަނޑާއެކު ބާސެލާނެ މޮޅު ފެށުމެއް

0a081b556b4a51f25cb85fb429862373

ފަސް ލަނޑުން ވެލެންސިއާ ބަލިކޮށް ބާސެލޯނާ ތާވަލުގެ ކުރިއަށް