ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެޗަށް ދޭ ސަމާލުކަން ކުޑަނުކުރުމަށް މިދަނީ ކުޅުންތެރިންނަށް ނަސޭހަތްތެރިވަމުން: ފްލިކް

MGA6940
STO_Ads
Maldivian_Ads
TTH_Ads
Advertisement

ލެވަންޓޭއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ފަރުވާކުޑަ ނުކުރަން ބާސެލޯނާގެ ކުޅުންތެރިންނަށް ކޯޗު ހަންސީ ފްލިކް އިލްތިމާސް ކޮށްފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނީ ބާސެލޯނާ އަކީ މި ސީޒަނުގައި މިހާތަނަށް ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓަމުން އަންނަ ހަމައެކަނި ކުލަބު ކަމަށާއި ނަމަވެސް ފުޓްބޯޅައިގައި ކަންކަން ވަރަށް އަވަހަށް ބަދަލު ވެދާނެ ކަމަށެވެ.

އަހަރެންގެ ކުޅުންތެރިންނަށް މިދަނީ ވިސްނައިދެމުން ފަރުވާ ކުޑަކޮށްނުލުމަށް. މެޗަށް ދޭ ސަމާލުކަން ކުޑަކޮށްފިނަމަ އަހަރުމެންނަށް މިހާރު ލިބިފައިވާ ލީޑް ގެއްލި ވަރަށް އަވަހަށް ހާލަތު ބަދަލު ވެދާނެ

HajjCop_ads
Advertisement

ބާސެލޯނާގެ ކޯޗު ބުންޏެވެ.

މިދިޔަ ދެ ސީޒަނުގައިވެސް ބާސެލޯނާއަށް ކާމޔާބު ހޯދައިދިން ކޯޗު ބުނީ ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގައި ތިބުމަކީ ފަހުރެއްނޫން ކަމަށާއި ކިރިޔާ ވެސް މެޗާމެދު ފަރުވާ ކުޑަކޮށްލައިފިނަމަ މުޅި ޓީމު ދާނީ ނުބައި މިސްރާބަކަށް ކަމަށެވެ.

އަހަރެން ވަރަށް ހިތްހަމަ ޖެހޭ މިވަގުތު ގިނަ ކުޅުންތެރިން ތިބި ފޯމާމެދު. ހާއްސަކޮށް ލަމީން ޔަމާލާއި ރަފީނިއާ. އަހަރުމެންނަށް އެނގޭ އަހަރުމެން ޓީމުގައި ވަރަށް ގިނަ ކޮލިޓީ އެބަހުރިކަން. އެހެންވީމާ އަހަރުމެން ކޮންމެ މެޗެއްގައި ކުރަމުން އަންނަ ކަންކަން ތަކުރާރު ކުރަންޖެހޭ.

ބާސެލޯނާގެ ކޯޗު ބުންޏެވެ.

މި ސީޒަނުގައި ހަތަރު މެޗުން ރަފީނިއާ އާއި ލަމީން ޔަމާލް އެކަނި ވެސް 13 ލަނޑު ވަނީ ޖަހާފައެވެ.

ފްލިކް ބުނީ ސީޒަން ފެށުމުގެ ކުރިން ސަޕޯޓަރުންނާ އޭނާ ވާހަކަ ދެއްކި ކަމަށާއި އެމީހުން ވެސް އުއްމީދު ކުރާ ފަދައިން އޭނާ އާއި މުޅި ޓީމުގެ އަމާޒަކީ މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ކަމަށެވެ.

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓޯވެސް ބުނެފައިވަނީއެންމެ ބޮޑު އަމާޒަކީ ޗެމްޕިއންސް ލީގު ކާމިޔާބު ކުރުންކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MGA8006

ފަހަތުން އަރައި ބާސެލޯނާއިން ގަލަތަސަރާއީ ބަލިކޮށްފި

Images (1)

ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ވިނީޝިއަސް ޖޫނިއަރއަށް ރަތް ކާޑު

Images

ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ މޮޅުވެ ފަރަޤު ދަމަހައްޓައިފި

Images (20)

ޔުއެފާއިން ބާސެލޯނާގެ ތަށިތައް އަތުލަން ރެއާލުން ހުށައަޅައިފި