ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއާއި ބަލްގޭރިއާގެ ޝެޑިއުލް ދަތުރުތައް ނޮވެމްބަރުގައި ފަށަނީ

Images (16)
Maldivian_Ads
TTH_Ads
STO_Ads
Advertisement

ބަލްގޭރިއާގެ އެއާލައިނެއް ކަމަށްވާ ގަލިވް އެއާއިން ރާއްޖެއަށްސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނީ ފިނިމޫސުމާ ދިމާކޮށް އަންނަ ނޮވެމްބަރު މަހުކަމަށް އެ އެއަރލައިނުން ބުންޏެވެ.

ގަލިވް އެއާ އަކީ ބަލްގޭރިއާއި ވެރިރަށް ސޯފިއާގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އެއަރލައިނެވެ. ގަލިވް އެއަރއިން ރާއްޖެއާއި ބަލްގޭރިއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހުއެވެ. ޝެޑިއުލްކޮށް ކުރިއަށް ގެންދާ ދަތުރުތައް އަންނަ އަހަރުގެ މާރިޗު މަހުގެ 26 އާއި ހަމައަށް ކުރިއަށް ގެންދާނެއެވެ. ގަލިވް އެއާ އިން ބުނީ މިދަތުރުތަކަކީ ވިލާތުގެ ފިނިމޫސުމާއި ދިމާކޮށް ކުރާ ދަތުރުތައް ކަމަށެވެ. އަދި މިއީ ރާއްޖެއާއި ބަލްގޭރިއާ ދެމެދު ޝެޑިލް ދަތުރުތަކެއް ކުރާ ފުރަތަމަ ފަހަރެވމި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދާއި ދިމާކޮށެވެ. މިގޮތުން މާލެއާއި ބަލްގޭރިއާގެ ވެރިރަށް ސޯފިއާ ދެމެދު ކޮންމެ ހުކުރު ދުވަހެއްގައި ދަތުރެއް ބާއްވާނެއެވެ. އަދި ސޯފިއާއިން މާލެއަށް ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަވެ. މި ދަތުރުތައް ހަމަޖައްސާފައިވަނީ ރަސްމީ ދަތުރުތަކާއި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތަށް ކަމަށް ގަލިވް އެއާއިން ބުނެއެވެ.

HajjCop_ads
Advertisement

ގަލިވް އެއާ ގެ ދަތުރުތަކުގައި ބޭނުން ކުރާނީ ވައިޑް ބޮޑީ ބޯޓެއް ކަމަށްވާ، އެއަރބަސް އޭ-330-200 މަރުކާގެ ބޯޓެކެވެ. އަދި މި ދަތުރުގައި ކޮންމެ ފަސިންޖަރަކަށްވެސް 2 ކެއުމާއި ބުއިންތައް ލިބޭނެ ކަމަށް އެއަރލައިނުން ވަނީ ބުނެފައެވެ.

ފިނި މޫސުމާއި ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އެއަރލައިންތަކުން ދަނީ އިތުރުކުރަމުންނެވެ. އަދި އައު އެއަރލައިންތަކުގެ ދަތުރުތައްވެސް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ޤަތަރު އެއަރވޭއިސް އިން ހަފްތާއަކު މިހާރު ކުރަމުންދާ ދަތުރުތަކުގެ އަދަދު 12 އިން 21 އަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ބެލަރޫސްގެ ބެލާވިއާ އެއަރގެ ދަތުރުތައް ޑިސެންބަރު މަހު ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

މެދުއިރުމަތީގެ ހަނގުރާމައާއެކު، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އަމާޒު ހަސިލްވާނެ ކަމަށް ލަފާކޮށްފައެވެ. މިއަހަރު ރާއްޖެއިން ވަނީ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. މިއަހަރު މިހާތަނަށް ރާއްޖެއަށް 1.49 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ރަޖިސްޓަރވުމަށް ޚާއްޞަ ޕޯޓަލެއް

Big NhkLOPavQ4ildFHn6SJQok5mL

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ނިންމަން 1 އަހަރުގެ މުއްދަތެއް

HR2pgB0b0AAn7aE

ރާއްޖޭގެ ފުރަތަމަ އަންހެން ޓުއަރ ގައިޑަކަށްވުމުގެ ޝަރަފް ޝީނާއަށް

minister ameen

ރިސޯޓުތަކުން ނުދައްކާހުރި ފައިސާގެ ޢަދަދު 97 މިލިއަނުގައި